ads
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހަފްލާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންފި
އިންޑިއާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފި އެވެ.

ދަރުބާރުގޭގައި ބޭއްވި މި ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ދެ ގައުމުގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ އެކިއެކި ބައިތައް ހިމަނައިގެންނެވެ.

މިހަފްލާގައި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު ސަންޖޭ ސުދިރު ބައިވެރިވެވަޑައިގެންފައިވެ އެވެ. 

މި ހަފްލާގައި އިންޑިއާގެ ކުރެހުންތެރިއެއް ކަމަށްވާ ހެމަނަންތް ކުމާރް ކުރަހާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ތަސްވީރެއް އެމަނިކުފާނަށް ވެދުމަށް އަރުވާފައިވެ އެވެ.

މި ހަފްލާގައި 2018 ވަނަ އަހަރުން ފެށިގެން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިވަމުން އައިސްފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާލާފައިވެ އެވެ. އަދި އިންޑިއާގެ އިތުރުން ރާއްޖޭގެ ބައެއް ފަންނާނުން މިހަފްލާގައި މިއުޒިކީ ހުށަހެޅުންތައްވެސް ހުށަހަޅާފައިވެ އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 26 ޖަނަވަރީ 1950 ވަނަ އަހަރު އިންޑިއާއިން އަލަށް އެކުލަވާލި އެ ގައުމުގެ ގާނޫނުއަސާސީ ވުޖޫދުވެ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން މިނިވަންވެ މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ޖުމްހޫރީ ވެރިކަމެއް ގާއިމުވެގެން ދިޔަ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް