ކުރީގެ ބަތަލާއިންގެ ތެރެއިން ސޯނިޔާ އަކީ ހުނަރުވެރި ފަންނާނެކެވެ. ދެހާހުގެ ކުރީކޮޅު މަޝްހޫރުވާން ފެށި މި ބަތަލާ ވަނީ ރީތި ލަތަކަކުން ބެލުންތެރިންގެ ހިތް އަތުލައިގަނެފައެވެ.
ސްޓް ޕްލަސް އިން ގެނެސްދިން ޑްރާމާއެއްގެ މަޝްހޫރު ބަތަލު ސޫޖަލް އާއެކު ހިތްގައިމު ލަވަ އަކުން ވެސް ފެނުނު މި ބަތަލާ ވަރަށް ޒަމާންކޮށްފައި އާންމުންނަށް ފެންނަން ފެށީ ޓިކްޓޮކުންނެވެ. އޭރު ހުރީ މީހާގެ ހަށިގަނޑަށާއި ސްޓައިލަށް ވެސް ބޮޑު ބަދަލެއް އައިސްފައެވެ.
ސޯނިއާ އަކީ މިފަހަކަށް އައިސް ރީތި ޓިކްޓޮކް ކުޅެ އާންމުކުރާ ފަންނާނެކެވެ. ރީތި ލަވަތަކަށް ލިޕް ސިންގް ކޮށް މޫނުމައްޗަށް ގެންނަ ހަރަކާތްތަކުން ކުރީގެ ލަވަތަކުން ފެންނަ ސޯނިޔާ އަދިވެސް ފެނެ އެވެ. އަދިވެސް ހުނަރުވެރިކަން އެބަހުއްޓެވެ.
ހިންދީ އަދި ދިވެހި ފިލްމީ ޑައިލޮގްތަކަށް ވެސް ޓިކްޓޮކް ކުޅެ ސޯނިޔާ އާންމު ކުރަމުން އަންނަ އޭނާގެ ޓިކްޓޮކްތައް ދިވެހިންނަށް ވަރަށް ކަމުދެއެވެ. އެކަމުގެ ދަލީލަކީ ސޯނިޔާގެ ޓިކްޓޮކްތަކަށް ހާހުން ވިއުސް ލިބިފައި ވުމެވެ.
ގިނަ ބަޔަކު ސޯނީއަށް ތައުރީފް ކުރަމުން އަންނަ އިރު ސޯނިޔާ ވެސް އަންނަނީ އޭނާގެ ފޭނުންގެ ހިތްހަމަޖެހުމަށް ރީތި ޓިކްޓޮކް ހަދަމުންނެވެ. އޭނާގެ އަކީ ޓިކްޓޮކްގައި ވަރަށް އެކްޓިވް ފަންނާނެއްކަން ވެސް ފާހަގަކޮށްލެވެއެވެ.
ކުރިން ފިލްމީ ދާއިރާގައި ރީތި ފިލްމު ތަކުންނާއި ލަވަތަކުން ފެނުން ބަތަލާއިންގެ ތެރެއިން މިގޮތަށް ވެސް މިހާރު ފެންނަނީ މަދު ބައެކެވެ. އެހެން ނަމަވެސް މަދުން ނަމަވެސް އެފަދަ ފަންނާނުންގެ ހުނަރު އަނެއްކާވެސް ފެންނަ ކަމީ ގިނަ ބަޔަކު އަދިވެސް އުފާވާ ކަމެކެވެ.
މިހާރު ދިވެހި ފަންނާނުންގެ މެދުގައި ޓިކްޓޮކް ވަރަށް މުހިއްމެވެ. އަދި ޓިކްޓޮކުން ވިދާލި ތަރިން ވެސް ފިލްމީ ދާއިރާއަށް ވަދެ މަސައްކަތްކުރަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.