އެ ހުރިހާ އަޑުތަކެއް ހިމޭންކޮށް ލުމަށް އަރްޖުން ވަނީ އޭނާގެ އިންސްޓަގްރާމް ހޭންޑްލްގައި މަލައިކާއާ އެކު ވަރަށް ހިތްގައިމު ފޮޓޯއެއް ހިއްސާކޮށް ވަރުގަދަ ނޯޓެއް ލިޔެފައެވެ.
އަރުޖުން ހިއްސާކުރި ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ ހިޔަނީގެ އަޑުތަކަށް ޖާގައެއް ނެތް ކަމަށެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި ލޯބިވެރިޔާ މަލައިކާ ވެސް ވަނީ އެ ޕޯސްޓަށް ލައިކްކޮށް ރަތް ކުލައިގެ ހިތުގެ އިމޯޖީއެއް ކޮމެންޓްކޮށްފައެވެ. ބޫމީ ޕެޑްނޭކަރް، އަދިތިޔާ ޝެޓީ އަދި ތާރާ ސުތާރިއާ ފަދަ ގިނަ ސެލެބްރިޓީންގެ ލޯބި ވެސް މި ޕޯސްޓަށް އަންނަނީ އޮހެމުންނެވެ.
މީގެ ދުވަސްކޮޅެއް ކުރިން ނިއުސް ޕޯޓަލްއެއްގައި އޮތް ރިޕޯޓެއްގައި ބުނެފައި ވަނީ މަލައިކާ މިދިޔަ ހަ ދުވަހުގެ ތެރޭގައި ގެއިން ބޭރަށް ނުނިކުންނަ ކަމަށާއި މުޅިން އައިސޮލޭޝަނަށް ގޮސްފައިވާ ކަމަށެވެ.
މަލައިކާ ވަނީ ދުވަސްކޮޅަކު މީހުންނާ ދުރުގައި ހުންނަން ނިންމާފަ އެވެ.