ލަތާ
ލަތާގެ ހާލު މިހާރު ރަނގަޅު: އާއިލާ
Share
ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ ލަތާ އައިސީޔޫގައި އެޑްމިޓްކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
Advertisement

ބޭރުގެ ރިޕޯޓުތައް ބުނާގޮތުން އޭނާއަށް ވަނީ ނިއުމޯނިއާއެކު ކޮވިޑް ވެސް ޖެހިފައެވެ.

އުމުރުން 92 އަހަރުވެފައިވާ ލަތާ އައިސީޔޫގައި އެޑްމިޓްކުރިއިރު ކޮވިޑާއިއެކު ނިއުމޯނިއާ ވެސް ހުރުމުން އެއީ ފުރާނައަށް އޮތް ނުރައްކަލެއްގެ ގޮތުގައި ފާހަގަކޮށް ގިނަ ބަޔަކު ލަތާގެ ސިއްހީ ހާލަތާއިމެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ލަތާގެ ސިއްހީ ހާލަތާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އަރުވަމުން އާއިލާއިން އެންމެ ފަހުން ބުނެފައިވަނީ ލަތާގެ ހާލު ރަނގަޅު ކަމަށާއި ކޮވިޑްއާއި ގުޅިގެން މާބޮޑު އަސަރެއް ލަތާއަށް ކޮށްފައި ނުވާކަމަށެވެ.

ނަމަވެސް އުމުރުން ދުވަސްވެފައިވުމުން ޑޮކްޓަރުން ލަފާދީފައިވަނީ  އައިސީޔޫގައި ބާއްވައިގެން ފަރުވާދިނުން ކަމަށްވާތީ އޭނާ އަދިވެސް އޮތީ އައިސީޔޫގައެވެ.

ލަތާ އަކީ އިންޑިއަން ސިނަމާތަކުގެ ރަން އަޑުގެ ވެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް 1000އަށްވުރެ ގިނަ ފިލްމުތަކަށް ލަވަ ކިޔާދީފައެވެ. އަދި 36 ބަހުރުވައިން އޭނާ ލަވަ މިހާތަނަށް ރެކޯޑުކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް