
އެ މަނިކުފާނު މިހާރު އެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ނައިވާދު ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ މި ސަރުކާރުން ވަނީ ހދ. އަތޮޅުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައި ކަމަށެވެ.
އަދި އެ ނިންމުމާ ގުޅިގެން މިހާރު ވެސް ބައެއް އިންވެސްޓަރުން އަންނަނީ މައުލޫމާތު ސާފުކޮށް، ބިޑް ހުށަހެޅުމުގެ ކަންކަން ކުރަން ތައްޔާރުވަމުން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްޓީޑީސީއާ ހަވާލުކުރި ނަމަވެސް ހުއްޓިފައި އޮތް ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެ މަސައްކަތަށް އެހީވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިސާ ހަމަޖައްސައި ދީފައިވާ ކަމަށް ވެސް ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު މިވަނީ މިކަން [ނާގޯށި] ހިނގާނެ ގޮތް މަގުފަހިކޮށްދީފައި. އެކަން އިރާދަކުރެއްވިއްޔާ ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ނައިވާދޫގެ ރައްޔިތުން ހުށަހެޅި ކަންކަމާއި ސަރުކާރުން މި ރަށަށް ކުރަން ހުރި ޕްލޭންތައް ތަންފީޒުކޮށް ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.