
އުދައްޔުގެ ޝަރިއަތް
އުދައްޔުގެ މަރު: ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
އަހުމަދު ހަސަން
25 އޯގަސްޓް 2025 - 18:23:36
ގއ. މާމެންދޫގައި ފެބްރުއަރީ 8، 2021 ގައި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާ ލިބޭ ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކަނޑައަޅައިފި އެވެ.
ގއ. މާމެންދޫގައި ފެބްރުއަރީ 8، 2021 ގައި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މަރާލި މައްސަލައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ.
ދައުލަތުން އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމާ ގުޅިގެން ދެން އޮންނާނީ ވާރިސުންގެ ހެކިބަސް ނެގުމާއި، އަދަބާ ގުޅިގެން ވާހަކަ ދެއްކުމާއި ހުކުމް ކުރުމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް