ads
ބިދޭސީންތަކެއް… ފޮޓޯ/ސޯޝަލް މީޑިއާ
ވަގު ޑޮލަރު ވިއްކަން އުޅުނު ބިދޭސީ ފިރިހެނަކު ހައްޔަރު ކޮށްފި
ވަގު ޑޮލަރު ވިއްކަމުން ދިޔަ ބިދޭސީ ފިރިހެނަކު ކުށުގެ އަމަލު ހިންގަމުން ދަނިކޮށް ފުލުހުން ހައްޔަރު ކޮށްފި އެވެ.

ވަގު ޑޮލަރު ވިއްކުމުުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 28 އަަހަރުގެ އެމްޑީ މިއާ މަނިކް ނަމަކަށް ކިޔާ ބަގްލަދޭޝް މީހެކެވެ.

ހުއްދަ ނަގައިގެން ކުރަންޖެހޭކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތު ޖަހާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީ މިއާ އަކީ ވެރިފަރާތަށް ފިލައިގެން އުޅޭ މީހެއްކަމަށް އެގިފައި ވެއެވެ.

މަނިކް މިއާ ޑޮލަރު ވިއްކުމުގެ ކުށަށް އިންކާރު ކޮށްފައިވާ އިރު، ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ ވަގު ޑޮލަރު ވިއްކުމަށްފަހު ލިބުނު ފައިސާއާއެކު، ކުށުގެ އަމަލު ހިނގަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.

ވަގުޑޮލަރުގެ ވިޔަފާރި ފުޅާވަމުން ދާއިރު މިދިޔަ އަހަރު ނޮވެމްބަރު މަހުގައި ވެސް ވަނީ 29 އަހަރުގެ ބަގްލަދޭޝް ފިހެނަކާއި 31 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައެވެ.

އަދި ނިމިދިޔަ ޑިސެމްބަރު މަހު ރާއްޖެއިން ސައްހަ ނޫން ލިޔެކިޔުން ބޭނުން ކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވުމުގެ ތުހުމަތުގައި ދެމީހަކު ރާއްޖެއަށް ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްފައި ވެސް ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް