ads
ގއ އަތޮޅު ހޮސްޕިޓަލުގެ ނަރުހުން ކޮވިޑްގެ ސާމްޕަލް ނެގުމުގެ މަސައްކަތުގައި ފޮޓޯ: ގއ އަތޮޅު ހޮސްޕިޓަލު ފޭސްބުކްޕޭޖް
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީނުވާން ޖެހޭ މުއްދަތު ކުރު ކޮށްފި
ކޮވިޑް-19 އަށް ޕޮޒިޓީވްވާ ފަރާތްތައް ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، ޓެސްޓު ހެދި ތާރީހުން ފެށިގެން ހަތް ދުވަހަށް ކަރަންޓީނު ކުރާ ގޮތަށް އުސޫލު ބަދަލު ކޮށްފިއެވެ.

އެޗްޕީއޭއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ކަރަންޓީން ކުރާ މީހުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ނަމަ ހަތް ދުވަހުގެ ތެރޭގައި ކަރަންޓީންގެ މުއްދަތު ނިމޭނެ ކަމަށެވެ. ނަމަވެސް އަލާމާތެއް ފެންނަނަމަ ކަރަންޓީންގެ މުއްދަތު ނިމޭނީ އަލާމާތެއް ނުފެންނަތާ 24 ގަޑިއިރު ފަހުން ކަމަށް ވެސް އެޗްޕީއޭން ބުނެއެވެ. ހަތް ދުވަހަށް ކަރަންޓީންގެ މުއްދަތު ކުޑަކުރި ނަމަވެސް މަސައްކަތަށް ނުކުންނަން ވާނީ ކޮވިޑް ޓެސްޓް ހަދައި ނަތީޖާ ނެގަޓިވް ވުމުން ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

ކޮޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ކޮވިޑް-19 އަށް ފައްސިވާމީހުންގެ ކޮންޓެކްޓުން ނުވަތަ ގާތުން އެއްތާވި މީހުން ކަރަންޓީނު ކުރެވޭނީ ފައްސިވި މީހާއާ ކޮންޓެކްޓުވި ތާރީހިން ފެށިގެން ދިހަ ދުވަހުގެ މުއްދަތަކަށް ކަމަށާއި، މި 10 ދުވަސް ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓުކުރުމަކާނުލައި ކަރަންޓީނުން ދޫކުރެވޭނެ ކަމަށްވެސް މިއަދު ނެރުުނު އިއުލާނުގައި ބުނެފައި ވެއެވެ.

އެހެން ނަމަވެސް ފަސް ދުވަސް ފުރިހަމަވުމުން، ޕީ.ސީ.އާރ ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމަށާއި، ފަސް ދުވަސް ފުރިހަމަ ވުމުން ދޫކޮށްލާނީ ކޮޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ ނަމައެވެ.

ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުން، މިހާރެކޭވެސް އެއްގޮތަށް 14 ދުވަހު ކަރަންޓީންވާން ޖެހޭނެއެވެ. އަދި އެމީހުންގެ ކަރަންޓީން ނިމޭނީ 14 ދުވަސްވުމުން، ޓެސްޓުހަދައި ނެގެޓިވް ނަތީޖާއެއް ލިބުމުން ކަމަށް އިއުލާންގައި ވަނީ ބުނެފައެވެ. 

މި ނިންމުން އެޗްޕީއޭއިން ނިންމާފައި މިވަނީ ދުނިޔޭގެ އެހެނިހެން ގައުމު ތަކުގައިވެސް ކަންކުރަމުންދާ އުސޫލަށް ބެލުމަށްފަހު ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް