ads
ހއ، ދިއްދޫ
އާބާދީ އިތުރު ކުރުމަށް ދިއްދޫ ޒުވާނުންނަށް ކައުންސިލް ރައީސް އިލްތިމާސް ކޮށްފި
ހއ. ދިއްދޫގެ އާބާދީ އިތުރު ކުރުމަށް ޒުވާނުން މަސައްކަތް ކޮށް ދިނުމަށް ދިއްދޫ ކައުންސިލް ރައީސް އެދިވަޑައިގެންފި އެވެ.
Advertisement

ދިއްދޫ ކައުންސިލް ރައީސް އަބްދުﷲ ރަޝީދު "ސީއެންއެމް"އަށް ވިދާޅުވީ، އެރަށުގެ އާބާދީ އިތުރު ކުރުމަށް މަސައްކަތް ކުރަން ޖެހިފައިވަނީ ދިއްދޫއަކީ ވެރިކަން ކުރާ ރަށް ކަމަށްވެފައި އާބާދީ އިތުރު ކޮށްގެން ނޫނީ ކުރިއަށް ދިއުމުގެ ފުރުސަތު ނެތުމުން ކަމަށެވެ. އެހެންކަމުން އެކަމަށް މަސައްކަތް ކޮށްދިނުމަށް ޒުވާނުންގެ ކިބައިން އޭނާ ވަނީ އެދިވަޑައިގެންފައެވެ. 

އޭނާ ވިދާޅުވީ އެއަތޮޅުގެ ހޯރަފުއްޓާއި އިހަވަންދޫގެ އާބާދީވެސް މިހާރު ވަރަށް ބާރަށް އިތުރުވަމުން އަންނަކަމަށާއި، އިހަވަންދޫގެ އާބާދީއަކީ ގާތްގަނޑަކަށް 3400 ކަމަށްވާއިރު، ހޯރަފުށީ އާބާދީގައި ގާތްގަނޑަކަށް 100 އެއްހާ މީހުން އިތުރު ކަމަށެވެ. ހޯރަފުށީގެ އާބާދީއަކީ ގާތްގަނޑަކަށް 3500 އެވެ.

އާބާދީގައި ގާތަގަނޑަކަށް 5000 މީހުން އުޅޭ ދިއްދޫގެ ބިން ފުރުމާގުޅިގެން ރައީސް ނަޝީދުގެ ވެރިކަމުގައިވަނީ ބިން ހިއްކާފައެވެ. އެބިމުން ވަނީ 250 ހައުސިން ޔުނިޓް ހަދައި ދިރިއުޅުމަށް ދޫކޮށްފައެވެ. އޭގެ ތެރެއިން 15 ގެ ދީފައިވަނީ އެރަށުން ބޭރު މީހުންނަށެވެ.

އަބްދުﷲ ވިދާޅުވީ، އެރަށުން ހިއްކި ބިން މިހާރު ޕްލޭން ކޮށްފައި އޮތްގޮތުން ވަރަށް އަވަހަށް ފުރޭނެ ކަމަށެވެ. 

އެބިމުން ވަނީ ހައުސިން ޔުޏިޓްގެ އިތުރުން ޓާޝަރީ ހޮސްޕިޓަލާއި، މިސްކިތާއި، ފުޓްބޯޅަ ދަނޑާއި، ޖޫނިއާ ކޮލެޖްގެ އިތުރުން ކުޅިވަރަށް ހާއްސަ ސަރަހައްދެއް ހެދުމަށްވެސް ނިންމާފައެވެ. އެހެންވެ، އަބްދުﷲ ވިދާޅުވީ އަނެއްކާވެސް ބިން ވަނީ ހިއްކަން ޖެހިފައި ކަމަށެވެ. 

"ބިން ހިއްކަން ޖެހިފަ މިހާރު މިއޮތީ. މިރަށަށްވުރެ ބޮޑު ބިމެއް އަދިވެސް ހިއްކޭނެ ޖާގަ އެބައޮތް" ކައުންސިލް ރައީސް ވިދާޅުވިއެވެ.

ހއ އަތޮޅުގެ ވެރިކަން ކުރާ ދިއްދޫގެ ގިނަ ޒުވާނުން އުޅެނީ ރަށުގައި ކަމަށް ދިއްދޫ ކައުންސިލުން ބުނެއެވެ. އެހެން ކަމަވެސް އެރަށުގެ ބައެއް ޒުވާނުން ރިސޯޓުތަކާއި މާލޭގައިވެސް ވަޒީފާ އަދާ ކުރަމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.  

63%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް