އެ ރަށުގެ ނެރު އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައިވާގޮތުން އެރަށުގައި 41,980 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 162 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރަން ވަނީ ހަމަޖެހިފައެވެ.
ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި އެ މަސައްކަތް ހަތް މަސް ދުވަހުގެ ތެރޭގައި އެމްޓީސީސީން ނިންމަން ޖޭހޭނެ އެވެ.
މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ޕްލޭނިން މިިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. މި މަޝްރޫއުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ.