ads
ޖަލުން ފިލުމަށް ޒުވާނާ ބޭނުން ކުރި ކާރު
ޖަލުން ފިލި މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
ނެދަލެންޑްސްގެ ޖުވެނައިލް އޮފެންޑާސް އިންސްޓިޓިއުޝަނަކުން ފިލި ޒުވާނެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

އެ ގައުމުގެ ނޫސްތަކުން ބުނިގޮތުގައި އުމުރުން 21 އަހަރުގެ ޒުވާނާގެ ގަޔަށް ބަޑިޖަހާ މަރާލީ، ނެދަލެންޑްސްގެ ބޯޑަރު ހުރަސްކޮށް ބެލްޖިއަމްއަށް ވަނުމުން ކަމަށާއި އޭނާއަށް ހަމަލަދިނީ އޭނާ ދަތުރު ކުރި ކާރުގައި އިން ދެ އޮފިސަރުން ކާރުން ބޭލުވި ފަހުން ކަމަށެވެ.

" ނެދަލެންޑްސްގެ ބޯޑަރު ހުރަސްކޮށް ބެލްޖިއަމްއަށް ވަދެވުމުން އެ ޒުވާނާ ވަނީ އެ ދެ މީހުން ކާރުން ފޭބުމަށް އަންގާފައި. އަދި އެމީހުން ކާރުން ފޭބުމާ އެކު ބެލްޖިއަމްގެ ބޯޑަރު ސިފައި ވަނީ ޒުވާނާ ގަޔަށް ބަޑިޖަހާ މަރާލާފައި،" ނެދަލެންޑްސް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.

އެ ހާދިސާއާ ގުޅިގެން ނެދަލެންޑްސްގެ ސަރުކާރުގެ އޮފިޝަލަކު އެގައުމުގެ ނޫސްތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ޒުވާނާ ބޯޑަރު ހުރަސް ކުރުމުން އެކަން ބެލްޖިއަމްގެ ކަމާ ބެހޭ އިދާރާތަކަށް އެންގި ކަމަށާއި، އެހެން ނަމަވެސް އެ ޒުވާނާ މަރާލުމަށް ބަޑިން ހަމަލާ ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ، 

މިކަމާއި ގުޅިގެން ބެލްޖިއަމްގެ ފުލުހުން ބުނީ، ޒުވާނާ އަށް ބަޑިން ހަމަލާދިނީ، އޭނާ އަކީ ކުށްވެރިއަކަށް ވުމުން ކަމަށާއި، ކާރުން ދެ މީހުން ނިކުތުމާއި އެކު ޒުވާނާ އިސްވެ ފުލުހުންނަށް ބަޑިން ހަމަލާ ދިނުމުން ރައްދުގައި ބަޑިން ހަމަލާ ދިނީ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ބެލްޖިއަމްގެ ފުލުހުން ބުނެ އެވެ. 

އެ ޒުވާނާ ޖަލުން ފިލާފައި ވަނީ، އޭނާގެ ހުކުމްގެ މުއްދަތު ހަމަވާން އެންމެ ދެ މަސް ދުވަހަށް ވެފައި ވަނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް