މޮޅުވެގެން، ނުވަތަ އެއްވަރުކޮށްލައިގެން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާން އޮތް މާޒިޔާ، ގްރީން އަތުން ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ. މިއީ މި ސީޒަންގައި މާޒިޔާ ބަލިވި އެންމެ ފުރަތަމަ މެޗެވެ.
މި މުބާރާތުގައި ކުރިން ކުޅުނު ފަސް މެޗުންނާއި އަދި ޗެރިޓީ ޝީލްޑް މެޗުންވެސް މާޒިޔާވަނީ މޮޅުވެފައެވެ.