ads
މަކުނުދޫ ދާއިރާ މެމްބަރު މުހައްމަދު ރާއީ- ފޮޓޯ: މަޖިލިސް
ކުރީ ސަރުކާރުން ކޮތަރުތަށް ނައްތާލަން މަސައްކަތްކުރި: ރާއީ
ވޭތުވެދިޔަ ސަރުކާރުން ޖުމްހޫރީ މައިދާނަން އެއްވާ ކޮތަރުތައް ނައްތާލުމަށް މަސައްކަތްކުރިކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީ މިހެން ވިދާޅުވެފައި މިވަނީ، ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހުނު ކަމަށް ބުނެ "މިހާރު" ނޫހުން ޝާއިއު ކޮށްފައިވާ އާޓިކަލް އެއް ހިއްސާ ކުރަމުންނެވެ. 

ރާއީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ވޭތުވެ ދިޔަ ޕީޕީއެމް ސަރުކާރުން އޭރުވެސް ޖްމުހޫރީ މައިދާނަށް އެއްވާ ކޮތަރުތައް ނައްތާލުމަށް މަސައްކަތް ކުރިކަމަށާއި، މިވަގުތު މާލޭ ސިޓީގެ މެޖޯރިޓީ އާއިއެކު ޕީޕީއެމް މޭޔަރަކު ހުރެމެ، މިކަން މިގޮތަށް ހިނގުން، މީ ތަހްގީގް ކުރެވެންޖެހޭނެ ކަމެއްކަމަށެވެ.

އަދި މީގެއިތުރުން ރާއީ ވަނީ، ކޮތަރަކީ ދީނުގައިވެސް މުގައްދިސް ދޫންޏެއްކަން ޓްވީޓުގައި ފާހަގަކުރައްވާފައެވެ.

މި މައްސަލަ ފެންމަތިވުމުން ބައެއް ފަރާތްތަކުން އަންނަނީ ކޮތަރުތަކަށް މި ބަލި ޖެހިފައި މިވަނީ މާލޭ ސިޓީ ކައުންސިލުން ޖުމްހޫރީ މައިދާނުގެ ވިނަތަކަށް ޖެހި ކެމިކަލެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އަދި ބައެއް ފަރާތްތަކުން އަންނަނީ މި ކޮތަރުތަކަށް ފަރުވާއެއް ލިބެންޖެހޭ ކަމަށް ވެސް ބުނަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް