ads
ފޮޓޯ: ކޮވިޑް
ކޮވިޑްގެ އަދަދުތައް ލައްކައިން މައްޗަށް
މިއަދު ޕޮޒިޓިވްވި އަދަދުތަކާއެކު ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު އެއްލަކައިން މައްޗަށް ހިނގައްޖެއެވެ.
Advertisement

ކޮވިޑްގެ ކޭސްތައް ގިނަވެ، މިއަދު އެކަނިވެސް ކޭސްތައް 800 އިން މައްޗަށް ވަނީ އަރާފައެވެ. 

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީ) އިން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 816 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އޭގެތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ ރަށްތަކުން 249 މީހަކާއި، މާލެ ސަރަހައްދުން 413 މީހުންގެ އިތުރުން ރިސޯޓުތަކުން 92 މީހެކެވެ. 

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 7،005 ސާމްޕަލް ޓެސްޓް ކުރެވިފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 5،118 ގައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދަކީ 25 ގައެވެ.

ކޮވިޑް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 100،451ގައި މި އުޅޭއިރު ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 95،056ގައެވެ.

ރާއްޖެއިން މިހާތަނަށް 264 މީހުން ކޮވިޑް ބަލީގަވަނީ މަރުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް