ހިރިލަންދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު އެ ރަށުގައި ހިންގި އޮޕަރޭޝަނުގައި އެތަކެތި ހޯދާފައިވަނީ އެރަށު އޫރީދޫ އެންޓެނާ ސަރަހައްދުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ ރަށުން މަސްތވާތަކެތި ހޯދި ނަމަވެސް މި މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
މި މައްސަލަ ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީގުކުރަމުން އަންނައިރު، ބުރާސްފަތި ދުވަހު ވަނީ ހއ. ހޯރަފުށިން ވެސް މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަންނަނީ ހޯދަމުންނެވެ.