އެންމެ ގިނަ ފޮލޯވާސް ލިބުނު އަންހެން ސެލެބްރިޓީއަކަށް ކައިލީ ޖެނާ ވެގެންދިޔަ އިރު އިންސްޓަގްރާމްގައި ތިން ވަނައަށް އެންމެ ގިނަ ފޮލޯވާސް ލިބުނު ސެލެބްރިޓީއަކަށް ވެސް އޭނާ ވަނީ ވެފަ އެވެ. އިންސްޓަގްރާމްގައި، އެންމެ ގިނަ ފޮލޯވަރުން ހިމެނެނީ އިންސްޓަގްރާމްގެ އަމިއްލަ އެކައުންޓުގައެވެ. އެއީ 460 މިލިއަން ފޮލޯވަރުންނެވެ. ދެވަނައިގަ އުޅެނީ ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ ފޮލޯވަރުންގެ އަދަދު 388 މިލިއަނަށް އަރަ އެވެ.
ޓްރެވިސް ސްކޮޓްގެ އެސްޓްރޮވޯލްޑް ކޮންސެޓަށް ފަހު ކައިލީ އޮންލައިން ޕްލެޓްފޯމްތަކުން މާ އެކްޓިވް ކޮށް ނުފެނުނު ނަމަވެސް ކައިލީ ވަނީ އިންސަޓަގްރާމްގައި އެންމެ ފޮލޯވާސް ގިނަ މީހުންގެ ލިސްޓްގެ ތިން ވަނަ ކާމިޔާބުކޮށްފައެވެ.
އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯކުރާ އަންހެނަކަށް ވުމުގެ ޓައިޓަލް މީގެ ކުރިން އޮތީ ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ އަތުގަ އެވެ. އެގޮތުން 289 މިލިއަން ފޮލޯވަރުންނާއެކު އިންސްޓަގްރާމްގައި ހަ ވަނައަށް އެންމެ ގިނަ މީހުން ފޮލޯކުރާ ދެ މީހުންނަކީ އަރިއާނާ ގްރާންޑޭ އާއި ސެލީނާ ގޮމޭޒް އެވެ.
ކޮސްމެޓިކް މޮގަލް ވަނީ އޭނާގެ މަޝްހޫރު ކާޑޭޝިއަން އަންހެން ކޮއްކޮމެންނާ އެކު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބޮޑު އޮންލައިން ޕްރެޒެންސެއް އަދި އެންގޭޖްމަންޓެއް ބާއްވާފަ އެވެ. މިހާތަނަށް ކިމް ކާޑޭޝިއަންގެ އިންސްޓަގްރާމް ފޮލޯވަރުންގެ ގޮތުގައި 278 މިލިއަން މީހުން ތިބިއިރު، އޭގެ ފަހަތުން ކްލޯއީ ކާޑޭޝިއަން އާއި ކެންޑަލް ޖެނާ (212 މިލިއަން ގައި) އަދި ކޯޓްނީ ކާޑޭޝިއަންގެ 159 މިލިއަން ފޮލޯވަރުން އެބަތިއްބެވެ.
ކާޑޭޝިއަން-ޖެނާ އާއިލާއިން އެމީހުންގެ އޮންލައިން ފޮލޯވަރުންގެ ފަހަތުގައި ފައިދާ ހުރި ވިޔަފާރިތައް ވަނީ ބިނާކޮށްފަ އެވެ. އުމުރުން 24 އަހަރުގެ ޖެނާ އަކީ ފޯބްސް މަޖައްލާއިން 2020 ވަނަ އަހަރު ހޮވި އެންމެ ޒުވާން ބިލިއަނަރު ޝަރަފު ހޯދާފައިވާ މީހެކެވެ.