ads
ބިންބި މޮއްގަނޑު ގުޅަ ވަށާފައި....
"ބިންބި މޮއްގަނޑު" ހަދަން އެނގޭތަ؟
ބިންބި މޮއްގަނޑު މީ ކުރީ ޒަމާނުގައި މީހުން ހަދާ އުޅުނު ފޮނި އެއްޗެކެވެ. ހަމަ އެގޮތަށް ކުޅި ކޮށްވެސް ބައެއް މީހުން މި ހަދާ އުޅެވެ. މިހާރަކަށް އައިސް މި ފަދަ ކާއެއްޗެއްގެ ނަންވެސް އަޑުއިވެނިީ މަދު ފަހަރަކުއެވެ. އަހަރުމެންގެ ކާބަފައިން ހަދާއުޅުނު މީރު ކާއެއްޗެހި މިހާރު ގޭގޭގެ ސުފުރާމަތިން ހޯދުމަކީ ކަނޑު ފީނާގެން މާވަހަރު ހޯދުން ފަދަ ކަމެކެވެ.

ކުރާނީ ކީއްހެއްޔެވެ. ގައުމު ތަރައްގީވެ ކުރިއެރުމުން އާދަ ކާދަ ވެސް ބަދަލުވެއްޖެއެވެ. ހަމަ އެގޮތަށް ކެއިން ބުއިމަށް ބޭނުންކުރި ތަކެތި ވެސް މި ވަނީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ.

މިހާރު އެންމެ ނިކަމެތި މީހާވެސް ކާން ބޭނުންވަނީ ޕާސްތާ ނޫނީ ކޮންމެސް މޮޅު އެއްޗެކެވެ. މިހާރު އުޅޭ މީހުން ހިތްވެސް މޮޅީއޭ ބުންޏަކަސް ދޮގަކަށް ނުވާނެވެ. މިހާރު ކައިބޮއެ ހަދާ އެއްޗިސްއަކީ އޭގައި ކޮންމެސް ކަހަލަ ހަށިގަނޑަށް ފައިދާއެއްނެތް މާއްދާއެއް ހިމެނިފައިވާ އެއްޗެކެވެ. އެކަމަކު އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނަށް ބަލާށެވެ. ހުސް އަމިއްލަ ވަންތަ އަމިއްލަ އުފެއްދުމެވެ. އެއްވެސް ވިހަ ނުވަތަ ކެމިކަލް އެއް ބޭނުންކޮށްފައެއް ނުވެއެވެ. 

ބިންބި މޮއްގަނޑު ހަދަން ބޭނުންވާނެ ތަކެތި:

  • ކާށި ހުނި 
  • ހަކުރު 
  • ފެން 
  • ބިންބި ފުށް  

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކާށި ހުނި ގާނާށެވެ. އެއަށްފަހު ގޭނި ހުނިކޮޅާ ހަކުރު ކޮޅު ތެއްޔަކަށް އެޅުމަށް ފަހު އޭގެ ތެރެއަށް ފެން އަޅާށެވެ. ހަކުރު އަޅާނީ އެމީހަކަށް ފޮނި ރަހަ ހެޔޮވަރުވާނެ ވަރަކަށެވެ. ހުރިހާ އެއްޗެއް އެއްކުރުމަށް ފަހު އުނދުންމަތީ ރީތިކޮށް ކައްކާށެވެ.

ކެއްކުމަށްފަހު ހުނިކޮޅާ ހަކުރު ކޮޅު އެއްވުމުން އޭގެ ތެރެއަށް ބިންބި ފުށްކޮޅު އަޅާ ހާވާލާށެވެ. ރީތިކޮން ހުރިހާ އެއްޗެށް އެއްވުމުން މަޑު ގިނީގައި އަނެއްކާވެސް ކައްކާށެވެ. ގިނަ އިރު ކެއްކުމުން މީގެ ރަހަ އިތުރަށް މީރުވެގެންދާ ކަމަށް މި ތައްޔާރުކުރާ ބައެއް މީހުން ބުނެވެ. ކައްކާ ނިމި ހިހޫ ވުމުން ގުޅަވެސް ވެށިދާނެވެ އަދި މި ކާއިރު ވަޅޯމަސް ބޭނުން ކުރުމުން މީގެ ރަހަ އިތުރަށް ފުރިހަމަ ވެގެން ދެއެވެ. 

ހާއްސަ ދުވަހެއްގެ ކެއުމަށް މީ ހަމަ އެއްވަނައިގެ އެއްޗެކެވެ.    

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް