ދަ ގްރާންޑޭއާ ޓީސީ ކުޅުނު މެޗުން ޓީސީ މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. މިއީ މި ސީޒަންގައި ޓީސީ މޮޅުވި ދެވަނަ މެޗެވެ. 3-1 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ސީޒަނުގެ ދެ ވަނަ މޮޅު ހޯދައިފި އެވެ.
ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުގައި ޓީސީއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން މުހައްމަދު ދާނިޝް އިބްރާހިމްއެވެ. ޓީސީގެ ދެވަނަ ލަނޑު ޖެހީ އަހުނަފް މުހައްމަދު ތަސްނީމްއެވެ. ޓީސީގެ ފަހު ލަނޑު ޖެހީ ތޮލާލް ނަސީރުއެވެ. ދަ ގްރާންޑޭއަށް ސުން ކަނޑުވާލަދިނީ މުސްރިފު އެވެ.