ads
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް
ރައީސް އޮފީހުގެ ތަރުޖަމާނު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ޗުއްޓީގައި ހުންނަވަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މަބްރޫކް މިއަދު ވިދާޅުވީ، މީގެ ދުވަސް ކޮޅެއް ކުރިން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެކަމާއި ގުޅިގެން މިވަގުތު މަސައްކަތް ތަކާއި ދުރުގައި ހުންނެވި ކަމަށެވެ. 

މަބްރޫކް ޕޮޒިޓިވްވެފައިވާއިރު އޭނާ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗުއްޓީ އަށް ބޭރަށް ވަޑައިގެންފައެވެ. ޗުއްޓީ ހަމަވެ، އޮފީހަށް ނިކުންނަވަން އޮތީ މިއަދުއެވެ. މަބްރޫކް ވިދާޅުވީ، ބަލިން ރަނގަޅުވި އެންމެ އަވަހަކަށް އެނބުރި މަސައްކަތްތައް ނިކުންނަވާނެ ކަމަށެވެ.

މަބްރޫކް ޕޮޒިޓިވްވެފައިވަނީ ޗުއްޓީގައި ހުންނަވަނިކޮށް މީގެ ދުވަސްކޮޅެއް ކުރިންނެވެ. ޗުއްޓީގައި ހުންނެވި ދުވަސްކޮޅު މަބްރޫކް ވަނީ ތައިލެންޑްގެ އަންހެން ބޭފުޅަކާ ކައިވެނި ބައްލަވައިގެންފައެވެ. 

ފަހަކަށްއައިސް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ތައް އަންނަނީ ރެކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެ އިން، 967 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. 

އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 101،418 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް