ads
އެވިޑް ކޮލެޖް-- ފޮޓޯ: މޯލްޑިވްސް އިންޑެޕެންޑެންޓް
އެވިޑް ކޮލެޖުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކިޔަވަން ހުޅުވާލައިފި
ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުންދާ އެވިޑް ކޮލެޖުން ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެވިޑް ކޮލެޖުން ބުނީ އެ ކޯހަށް ވަނުމަށް މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުސުތު އޮންނާނެ ކަމަށެވެ. 

މިކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްސީއޭ) އިން އެޕްރޫވްކޮށްގެން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެވިޑް ކޮލެޖުން ހިންގާ ކޯހެއް ކަމަށްވެސް އެތަނުން ބުނެ އެވެ. 

ކޯހުގައި ބައިވެރިވުމަށް މިހާރުން ފެށިގެން އޮންލައިންކޮށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. އެގޮތުން ގްރޭޑް 10 ނިންމާފައިވާ ކޮންމެ ދަރިވަރަކަށްވެސް މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. މިއީ ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގާ ކޯހެއް ކަމަށް ވެސް ކޮލެޖުން ބުނެ އެވެ. 

އެވިޑް ކޮލެޖުން ބުނީ މިކޯހުގައި ޓުއަރިޒަމް ދާއިރާއާއި ބެހޭ މުހިއްމު މައުލޫމާތު ދިނުމާއި ހައުސްކީޕިންގެ ކަންކަން ހިންގާނެ ގޮތާއި ފްރޮންޓް އޮފީހުގެ މަސައްކަތް ރޭވުމާއި ހިންގުން އަދި ފުޑް އެންޑް ބެވަރޭޖަސްގެ މުހިއްމު ބައިތަކާއި، ކާތަކެތީގެ ސާފުކަމާ ރައްކާތެރި ކަމާބެހޭ ގޮތުން ކިޔަވައިދެވޭނެ ކަމަށެވެ.

 މީގެ އިތުރުން އަމަލީ ތަޖުރިބާ ހޯދުމަށްޓަކައި ކޯހުގެ ބައިވެރިން ފީލްޑްގައި މަސައްކަތްކުރުން ވެސް ހިމަނާފައިވާ ކަމަށް ބުނެ އެވެ. 

އެވިޑް ކޮލެޖުން ބުނާ ގޮތުގައި ފަސް އިންސްޓޯލްމަންޓަކަށް ބަހާލައިގެން މަހަކު 888 ރުފިޔާ ދައްކާ ގޮތަށް ކޯސް ފީވެސް ދެއްކޭނެ އެވެ.

އެވިޑް ކޮލެޖަކީ ރާއްޖޭގައި އަގުހެޔޮކޮށް މަތީތައުލީމު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު އެއް އަމިއްލަ ކޮލެޖެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް