ads
މީރާ އަދި ޝާހިދު
ޝާހިދުގެ ލަވަތަކުން މީރާ އަށް އެންމެ ކަމުދަނީ "ބިސްމިލް"
މީރާ ރާޖްޕުޓް އޭނާގެ ޔޫޓިއުބް ޗެނަލްގައި، ފިރިމީހާ ޝާހިދު ކަޕޫރުގެ ލަވަތަކުގެ ތެރެއިން އޭނާއަށް އެންމެ ކަމުދާ ލަވައާ ބެހޭ ގޮތުން ވާހަކަ ދައްކައިފި އެވެ.

މީރާ އޭނާގެ ޔޫޓިއުބް ޗެނަލް ލޯންޗް ކުރީ ބެލުންތެރިންނަށް އެ މީހުންނާ މުއާމަލާތްކޮށް، އަމިއްލަ ނަފްސާ ބެހޭ ގޮތުން ވެސް ބައެއް ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށެވެ.

ދާދި ފަހުން އޭނާ ވަނީ "ގެޓް ޓު ނޯ ދަ ރިއަލް މީ"ގެ ނަމުގައި އާ ވީޑިއޯއެއް ޕޯސްޓްކޮށް، އެ ވީޑިއޯގައި އޭނާ އާ ބެހޭ ގޮތުން ބެލުންތެރިންގެ ސުވާލުތަކަށް ޖަވާބު ދީފަ އެވެ.

މީރާ ބުނި ގޮތުގައި އޭނާގެ ޕްލޭލިސްޓްގައި މައިގަނޑު ގޮތެއްގައި ހިންދީ އަންޕްލިގްޑް ލަވަތައް އެބަހުއްޓެވެ. އަދި އޭނާގެ އެންމެ ފޭވަރިޓް ލަވައަކީ ހައިދަރުގެ ޝާހިދުގެ 'ބިސްމިލް' ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. 

މީރާ ބުނީ މި ލަވައަކީ ވަރަށް އަންޑަރޭޓެޑް ލަވައެއް ކަމަށް ގަބޫލުކުރާތީ އާއި އެ ވީޑިއޯ ބަލާ ކޮންމެ ފަހަރަކު ނުވަތަ އަޑުއަހާ ކޮންމެ ފަހަރަކު އޭނާގެ ގޫސްބަމްޕްސް ލިބޭ ތީ ޝޯއެއްގައި ވެސް އެ ކަހަލަ ޕާފޯމްކުރަން ޝާހިދު އަށް އަންގަމުން ދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް