އެއީ މީގެ ދެ އަހަރު ކުރިން އަޖޭ ކުޅެން ސޮއިކޮށްފައިވާ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.
"ބޯލާ" އަކީ ތަމަޅަ ފިލްމު "ކައިތީ" ގެ ހިންދީ ރިމޭކް އެވެ.
ފިލްމުގެ ޓީމުން ވަނީ ޝޫޓިން ސެޓްތަކުން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.
ރިލަޔަންސް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމުގެ ޑައިރެކްޓަރަކީ ދަރުމެންދުރަ ޝަރުމާ އެވެ.
އެކްޝަން ފިލްމު "ކައިތީ" އަކީ ލޮކޭޝް ކަނަގަރާޖް ޑައިރެކްޓްކޮށް، ކާތީ މައިގަނޑު ރޯލު ކުޅުނު ފިލްމެކެވެ.
"ބޯލާ" ގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނެ ތާރީހެއް އަދި އިއުލާން ނުކުރެއެވެ.