ހަބަރުތައް ބުނާގޮތުގައި ރިތިކް މިހާރު ވަނީ ގޭގައި ކަރަންޓީނުގެ މުއްދަތު ގުނަން ފަށާފައެވެ.
އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މި ބަލި ޖެހުނު ކަން އަންގައި ހުރިހާ އެންމެން ވެސް ކޮވިޑުން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާ ކުރުމަށް ގޮވާލާފައެވެ.
ރިތިކް ދާދި ފަހުން އޭނާގެ ކުރީގެ އަންހެނުން ސުޒާން ހާންގެ ގެއަށް ޕާޓީއަކަށް ގޮސް އުޅުކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި ރިތިކް ބައްޔަށް ޕޮޒިޓިވްވި އިރު އޭނާގެ ކުރީގެ އަންހެނުން ސޫޒާން ވެސް ބަލީގެ ވޭން ތަހައްމަލު ކުރަމުންދިޔަ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު މިފަހުން ބޮލީވުޑްގެ ގިނަ ތަރިން ބައްޔަށް ޕޮޒިޓިވް ވަމުން އަންނަ ކަން ފާހަގަ ކޮށްލެވެއެވެ.
ބައެއް ފަންނާނުންގެ ހާލަތު ގޯސްވެ އައިސީޔޫގައި ވެސް ފަރުވާ ދެމުން އަންނަ އިރު ކޮވިޑް ޖެހުމުން ބައެއް ތަރިންނަށް އެނދުން ނުތެދުވެވި ގިނަ ދުވަސްތަކެއް ވަންދެން އުޅެން ޖެހުނު ކަމަށް ވެސް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.