ads
ބަނގުރާ ދަޅުތަކެއް---
މަގުމަތީގައި ވެސް ބިޔަރު ދަޅުތައް!
މިފަހަކަަށް އައިސް މަސްތުވާތަކެތީގެ މައްސަލަތައް ދަނީ އިތުރުވަމުންވެ. އަދި އެކަން ކުރާ މީހުން އެކަން ފާޅުކަން ބޮޑުގޮތެއްގައި ކުރަމުންދާތަންވެސް ދަނީ ފެންނަމުންނެވެ.

މިއަދުވެސް ވަނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީ މަގުމަތީގައި ހުރި ބިއަރު ދަޅުަތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. 

ފުލުހުން ބުނީ އެބިޔަރު ދަޅުތަކަކީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީން ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓުނު ކޮތަޅެއްގައި ހުރި ބިޔަރު ދަޅުތަކެއް ކަމަށެވެ. އެ ބިޔަރު ދަޅުތައް މަގުމަތީގައި ހުރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 1:26ގައި ކަމަށް ފުލުުހުން ބުނެއެވެ. 

އެ މައުލޫމާތާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް މަގުމަތީހުރި ބިޔަރު ދަޅުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް މިކަމާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. 

ފުލުހުން ބުނީ އެމައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. މިފަހަކުން އައިސް ފާޅުކަން ބޮޑުގޮތެއްގައި އާއްމުންގެ ތެރޭގައިވެސް ބިޔަރު ދަޅުތައް އެއްތަނުން އަނެއް ތަނަށް ދަނީ އުފުލަމުންނެވެ. އަދި މިކަމުގެ ތެރޭގައި ދިވެހިންގެ އިތުރުން ބިދޭސީންވެސް ދަނީ ބައިވެރި ވަމުންނެވެ. 

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު، ކޮންޓްރޯލު ނުވެ މުލީއާގޭ ފާރަށް އެރި ސައިކަލުގައިވެސް ބަނގުރާ ވަނީ އުފުލާފަވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް އެދުވަހު "ސީއެންއެމް" އަށް ވިދާޅުވީ، މަޖީދީމަގުން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން މަޑު ނުކޮށް ބާރު ސްޕީޑްގައި އަލިކިލޭގެފާނު މަގުން ދަނިކޮށް ކޮންޓްރޯލްނުވެ ގޮސް މުލިއާގޭ ފާރުގައި ޖެހި އެކްސިޑެންޓް ވެފައި ވާކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ބިދޭސީ މީހާއަށް އަނިޔާވިއިރު، އެކްސިޑެންޓުވި ސައިކަލް ބަލާ ފާސްކުރިއިރު އޭގެ ތެރޭގައި އޮތް ކޮތަޅެއްގެ ތެރެއިން ބަނގުރާ ފުޅިއެއް ފެނިފައި ވެއެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މިދިޔަ އަހަރުގެ ޖުލައި މަހު ހިންގި އޮޕަރޭޝަނެއްގައިވެސް މާލޭގެ ގެއަކާއި ގަރާޖެއް ބަލައި ފާސްކުރިއިރު 732 ދަޅު ބިޔަރު ފެނިފައި ވެއެވެ. މި މައްސަލައާ ގުޅިގެން އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރި އެވެ. 

މީގެ އިތުރުން ކ.އަތޮޅު ގުރައިދޫގައި ފުލުުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 177 ބިޔަރު ދަޅު އަތުލައިގެންފައި ވެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް