ads
ފަތުރުވެރިޔާ ފެނުނު ސަރަހައްދު-- ފޮޓޯ: އެމްއެންޑީއެފް
ހޯދަމުންދިޔަ ފަތުވެރިޔާ މަރުވެފައި އޮއްވަ ފެނިއްޖެ
ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ފަތުވެރިޔާ މަރުވެފައި އޮއްވަ ފެނިއްޖެކަމުގައި ކޯސްޓްގާޑުން ބުނެފި އެވެ.

އެ،މްއެންޑީއެފުން ބުނިގޮތުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް އިއްޔެ ގެއްލިގެން ހޯދަމުންދާ ފަތުވެރިޔާ މަރުވެފައި އޮއްވަ ފެނިފައިވަނީ މިއަދު 15:10 ހާއިރު ކަނޑުގެ 15 މީޓަރު އަޑިން ކަމަށެވެ.

ގދ. މަންދޫ ކައިރީގައި އޮންނަ ފަރެއްގެ ކައިރިއަށް ޑައިވިން ކުރަން ފައިބައިގެން ގެއްލުނު ފަތުވެރިޔާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށެވެ.

"ގޮމަ" ކިޔާ ދޯންޏަކުން ޑައިވިންއަށް ފޭބި ކަމަށް ބެލެވޭ އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ވެލާނާ" ދަނީ ޑައިވަރުންނާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އެވެ. 

އޭނާ ހޯދުމުގެ މަސައްކަތުގައި އެސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދިޔަ ކަމަށާއި އަދި މިއަދު ވައިގެ މަގުން ވެސް ސާޗްކުރިއަށް ކުރިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ފަތުވެރިޔާ ގެއްލުނު ސަބަބަކާއި އޭނާ އާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމައެއްނުކުރެ އެވެ.

ޑައިވް ކުރުމުގެ ތެރޭގައި ފަތުރުވެރިން ގެއްލުމުގެ ހާދިސާތައްވަނީ ކުރިން ވެސް ހިނގާފަ އެވެ. އަދި ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވަ ވެސް ވަނީ ފެނިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް