ads
ފުނަދޫ ސްކޫލުގެ ފާރުގައި އިންޑިއާ ދެކޮޅު ޝިޔާރުތަކެއް ލިޔެފަ
ސުކޫލް ފާރުގައި އިންޑިއާ އައުޓް ޖެހި މައްސަލަ ފުލުހުުން ބަލަން ފަށައިފި
ށ. ފުނަދޫ ސުކޫލް ގެ ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލަ ދިވެހި ފުލުހުން ބަލަން ފަށައިފިއެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ، އިދިކޮޅު ޕީޕީއެމް އިން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލުވަން ގޮވާލާ ހިންގާ ކެމްޕޭނުގައި ބޭނުންކުރަމުން އަންނަ ޝިޔާރެކެވެ.

މި ޝިއާރު ފުނަދޫ ސުކޫލްގެ ފާރުގައި ލިޔެފައިވާ ފޮޓޯ އެއް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ޓުވުޓާގައި ހިއްސާ ކުރައްވާފައެވެ. އަދި މިއީ ވަރަށް ނާތަހުޒީބީ އަމަލެއްކަމަށް ވެސް މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފައެވެ. 

ފުނަދޫ ސްކޫލުގައި "އިންޑިއާ އައުޓް" ޖެހި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ފުލުހަށް ހުށަހެޅުމުން އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

ފުނަދޫ ސުކޫލްގެ ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ އެއިދާރާގެ ސަމާލުކަމަށް އިއްޔެ ( 01/16/2022 ) ހެނދުނު 11:38 ހާއިރު ލިބިފައި ވާކަމަށާއި، އެމައްސަލަ އެއިދާރާއިން ތަހުގީގު ކުރަން ފަށާފައި ވާކަމަށެވެ. 

މި މައްސަލަ އާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ބަޔާނެއް ނެރެފައެވެ. 

މިނިސްޓްރީން ބުނީ ސިޔާސީ މަންފާއަށް ހިންގާ މިބާވަތުގެ ދަށު ދަރަޖައިގެ އަމަލުތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމާއި އުންގަންނައި ދިނުމަށް އޭގެ ނުރަނގަޅު އަސަރު ފޯރަމުން ދިއުމަކީ އެ މިނިސްޓްރީން އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި އެފަދަ ޢަމަލުތައް ކުރާ ފަރާތްތަކާއި، އެފަދަ ކަންކަމުގައި ބައިވެރިވެ ހިއްވަރު ދޭ ފަރާތްތަކުގެ ޢަމަލުތައް އެ މިނިސްޓްރީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި، މި ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ސްކޫލް މަދުރަސާ ތަކުގައި މަސައްކަތް ކުރައްވާ ބިދޭސީ ޓީޗަރުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް އެ މިނިސްޓްރީން ހާއްސަ އިސްކަމެއް ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް