ads
ދިޕިކާ އަދި އާލިއާ ބަޓް
ދީޕިކާ އާއި ކަރީނާގެ ސްޓައިލް އަލިއާ ބަޓް ކޮޕީކުރާކަމަށް ބުނެ ފާޑުކިޔަނީ
ބޮލީވުޑްގެ ސުޕަރސްޓާރު އަލިއާ ބަޓް، ފަހަކަށްއައިސް އޭނާގެ ފޮޓޯޝޫޓްތަކުން ދެއްކި ސްޓައިލިޝް ލުކްތަކާއެކު ފޭނުންގެ ސަމާލުކަން ހޯދަމުން އަންނައިރު، ދީޕިކާ ޕަޑުކޯން އާއި ކަރީނާ ކަޕޫރު ޚާންގެ ސްޓައިލްތައް އޭނާ ކޮޕީކުރާކަމަށް ބުނެ ބައެއް މީހުން ފާޑުކިޔަން ފަށައިފިއެވެ.

އަލިއާ އެންމެފަހުން އާންމުކުރި އޭނާގެ އިންސްޓަގްރާމް ޕޯސްޓްތަކުގައި ގުއްޗީގެ ހެދުންތަކުގައި ފޮޓޯ ނެގީ ޚާއްޞަ މެގަޒިން ޝޫޓަކަށެވެ. އަލިއާގެ ފޮޓޯތައް ދީޕިކާ އާއި ކަރީނާ ކުރިން ފޮޓޯ ނެގި ސްޓައިލްތަކާ ވަރަށް ގާތްކަން ފާހަގަކުރެވުނުކަމަށް ފޮޓޯ ފޮޓޯތަކަށް ކޮމެންޓުކުރި މީހުން ބުންޏެވެ. 

"ޖެކެޓު ހުޅުވާލައިގެން ތިހެން ފޮޓޯ ނެގީމަ ވައްތަރީ ދިޕިކާއާ،" ފޮޓޯތަކަށް ކޮމެންތު ކުރި މީހަކު ބުންޏެވެ. އަނެކަކު ބުނެފައި "ތި ސްޓައިލްތައް ވައްތަރީ ކަރީނާއާ،" ކަމަށެވެ. 

"ގަންގޫބާއީ ކަޠިއާވާދު"، "ދާރލިންގްސް"، "ބްރަހްމާސްޓްރާ"، "ރޮކީ އޯރ ރާނީ ކީ ޕްރޭމް ކަހާނީ" އަދި "ހާޓް އޮފް ސްޓޯން" ފަދަ ފިލްމުތަކުން އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީފައިވާ އަލިއާއަށް ކޮޕީކެޓްގެ ތުހުމަތުކުރެވުމުން އެއީ ވިސްނާލަންޖެހޭކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް