ads
ސޫރިޔަވަންޝީ ގައި ފެނިގެންދާ މައިގަނޑު ތަރިން…
ސޫރިޔަވަންޝީ އަލުން ތިއޭޓަރަށް
ސޫރިޔަވަންޝީ އަލުން ތިއޭޓަރުގައި އަޅުވާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ރޯހިތު ޝެޓީ ޑައިރެކްޓުކޮށް ރިލީޒްކުރަން ތައްޔާރުވެފައި އޮތް ފިލްމު ސޫރިޔަވަންޝީ އަކީ ރިލީޒްކުރާކަން ހާމަކުރީންސުރެ ބެލުންތެރިން ދިގު އިންތިޒާރެއް ކުރަމުން އައި ފިލުމެކެވެ.

ނަމަވެސް ފިލުމް ޝޫޓިން ނިންމާ ސިނާމާތަކުގައި އަޅުވަން ތައްޔާރުވެފައި ވަނިކޮށް އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ ސިނާމާތައް ބަންދުކުރުމުން މި ފިލްމު އޮތީ ރިލީޒް ކުރުން މަޑު ޖައްސާލާފައެވެ.

މަހަރަޝްތްރާގެ ސިނާމާތައް މިދިޔަ އަހަރުގެ އޮކްޓޯބަރު 22 ގައި ހުޅުވާލާނެކަން ޗީފް މިނިސްޓަރު އުދަވް އިއުލާންކުރުމާ އެކު ރޯހިތު ވަނީ ދިވާލީ އާ ދިމާކޮށް ސިނަމާގައި ފިލުމު އަޅުވާނެކަން އިއުލާންކޮށްފައެވެ. 

އެއަށްފަހު މި ފިލުމު ސިނަމާއަށް ދޫކޮށްލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. މަސައްކަތް ނިމިފައި އޮންނަތާ ދެ އަހަރު ވީ ނަމަވެސް އޮންލައިން ޕްލެޓް ފޯމެއްގައި ރިލީޒްނުކުރަންވެގެން ސިނަމާތައް ހުޅުވަންދެން ލަސްކުރި މި ފިލްމް ވަނީ ސިނަމާގައި އެޅުވިތާ އެއް ދުވަސްތެރޭ ލީކުވެފައެވެ.

މި ފިލުމު ''ޓެމިލް ރޮކާސް''، ''ޓޮރެންޓްސް''، ''މޫވިއާރޫލްޒް''، ''ޓެލިގުރާމު'' ގެ އިތުރުން އެހެނިހެން ވެސް ސައިޓުތަކުން ފްރީކޮށް ޑައުންލޯޑު ކުރެވެއެވެ.

ފިލުމު އޮންލައިންކޮށް ލީކުވުމާއެކު، މި ފިލުމަށް ބޮކްސް އޮފީހުގައި ލިބޭ އާމްދަނީ މަދުވެގެންދާނެ ކަމެއް ކަމަށް ގަބޫލުކުރެވުނު ނަމަވެސް ފިލްމް ވެގެންދިޔައީ ތިއޭޓަރުތަކުގައިވެސް ހިޓަކަށެވެ.

އެގޮތުން ފިލްމު ރިލީޒްކުރިތާ ފަސް ދުވަސް ތެރޭ ފިލްމަށް 100 ކުރޯޑް ލިބި އެ ފިލްމު ވަނީ ބޮލީވުޑް ބޮކްސް އޮފީހުގެ 100 ކުރޯޑް ލިބޭ ލިސްޓުން ޖާގަ ހޯދާފައެވެ.

މިހާރު މި ފިލްމް ވަނީ ނެޓްފިލިކްސްގައި ވެސް ދައްކަން ފަށާފައެވެ. ނެޓްފްލިކްސްއަށް މި ފިލްމް ލާފައިވަނީ ތިއޭޓަރުތަކުގައި ދައްކާ، 190 ކަރޯޑް ހޯދުމަށް ފަހު މިދިޔަ ޑިސެމްބަރުގެ ތެރޭގަ އެވެ. 

އެ ފިލްމަކީ ކުށުގެ ވެށި ހަމައަކަށް އަޅުވައި، ކުށްވެރިިންނަށް އަދަބު ދޭން ފުލުހަކު ކުރާ ހިތްވަރު  ދައްކުވައިދޭ ފިލްމެކެވެ.

މި ފިލުމުގެ ލީޑު ރޯލުން އަކްޝޭ ކުމާރުގެ އިތުރުން ފެނިގެން ދަނީ ކެޓްރީނާ ކެއިފްއެވެ. މީގެ އިތުރުން ސިންގަމްގެ ކެރެކްޓާއިން އަޖޭ ދޭވްގަން އާއި ސިމްބާގެ ކެރެކްޓާއިން ރަންވީރު ސިންގް ފެނިގެންދެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް