ލަންކާގެ ބޮޑުވަޒީރާއި ރައީސް ނަޝީދު ބައްދަލު ކުރައްވާފައި މިވަނީ އެމަނިކުފާނު މިހާރު ލަންކާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެމަނިކުފާނުގެ މިދަތުރުފުޅަކީ ލަންކާގެ ޔޫތު މިނިސްޓަރު، މިނިސްޓަ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިން އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަޕްރައިޒް ޑިވެލޮޕްމަންޓް، ނަމާލް ރާޖަޕަކްސާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެެވެ.
މިދަތުރުފުޅުގައި ސްރީލަންކާ ޔޫތު ޕާލަމެންޓުގެ ދެ ވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި ވެ އެވެ.
އެމަނިކުފާނު ލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.