ads
ފޮޓޯ ބްރޯޑްކޮމް
ސްޓްރީމް ކުރާނަމަ ދެން ފީ ނަގާނެ، ފީ ނުދައްކާނަަމަ 2 ލައްކައިން މަތީގެ ޖޫރިމަނާއެއް!
ސްޓްރީމިން ޕްލެޓްފޯމްތަކުންވެސް ފީ ދައްކަން ޖެހޭ ގޮތަށާއި، ފީ ނުދައްކާނަމަ 250،000 އާއި ހަމަޔަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު އިސްލާހުކޮށް އާއްމު ކޮށްފިއެވެ.
Advertisement

ރާއްޖޭގައި ސްޓްރީމިންގެ ހިދުމަތް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ބައިސްކޯފާއި، މީޑިއާނެޓް މަލްޓި ސްކްރީން، އަދި ލަވަފޮއްޓާއި، ދިރާގު ޕްލޭގެ އިތުރުން ލަވަފޮށި އާއި، ޕީއެސްއެމް ކަނެކްޓްފަދަ ޕްލެޓްފޯމުތައް ހިމެނެއެވެ. 

އަލަށް އާއްމު ކުރެވުނު ގަވައިދުގައި ވާގޮތުން، އެގޮތަށް ސްޓްރީމްކޮށްގެން އޯޓީޓީގެ ވީޑިއޯގެ ހިދުމަތެއް ނުވަތަ އޯޓީޓީގެ އޯޑިއޯ ހިދުމަތެއް ދޭނަމަވެސް އަހަރީ ފީގެ ގޮތުގައި 2000 ރުފިޔާ ދައްކަން ޖެހެއެވެ. 

ފީގެ އަދަދުތައް ވަނީ ކުޑަކޮށްފައި

އިއްޔެ ގެޒެޓް ކުރެވުނު ގަވައިދުގައި، ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ރަޖިސްޓްރީކުރަން ދައްކަންޖެހޭ ފީއާއި ބްރޯޑްކާސްޓް ކުރުމަށް ދޫކުރާ ލައިސެންސް ފީގެ އަގުތައް ވަނީ ބޮޑުތަނުން ކުޑަކޮށްފައެވެ. އެގޮތުން މިހާރު ކޮންމެ ބާވަތެއްގެ ހިދުމަތަކަށް ވިޔަސް ރޭޑިއޯ ނަމަ އަހަރީ ފީއަކީ 10،000 ރުފިޔާ އެވެ. އަދި ޓީވީއެއް ނަމަ 20،000 އަހަރީ ފީގެ ގޮތުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ. 

އާ ގަވާއިދުން ގެނައި ބަދަލާއެކު، ބްރޯޑްކާސްޓިން ހިދުމަތެއް ކޮމިޝަންގައި ރަޖިސްޓްރީކުރަން، މީގެކުރިން ދައްކަންޖެހޭ 2،000 ރުފިޔާގެ ފީ މިހާރު ވަނީ، 500 ރުފިޔާއަށް ބަދަލު ކޮށްފައެވެ.

މިކަމާއި ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ގައިސް ވިދާޅުވީ، މި ގެނެވުނު އިސްލާހާއި އެކު އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ. އަދި މިއީ މިދާއިރާއަށް އިތުރު ފަރާތްތަކަށް ފުރުސަތު ދިނުމަށް ގެނައި ބަދަލެއް ކަމަށްވެސް ގައިސް ވަނީ ވިދާޅުވެފައެވެ. 

މި ގަވާއިދު އާއްމުކޮށް އިއްޔެއިން ފެށިގެން އަމަލު ކުރަން ނިންމާފައިވާއިރު، މީގެ ކުރިން އަމަލު ކުރަމުން އައި ގަވާއިދު އިއްޔެއިން ފެށިގެން ވަނީ އުވާލައިފައެވެ.

ގަވާއިދުގައި ވާގޮތުން ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތެއް ދޭންވާނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައި ކަނޑައަޅާ ޝަރުޠުތަކަކާއެކު އެ ފަރާތަކަށް ދޫކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސެއްގެ ދަށުން، އެ ލައިސަންސެއްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

އަދި އެލައިސެންސަކަށް ކަނޑައަޅައިފައިވާ އަހަރީ ފީ ގަވާއިދުން ނުދައްކާފިނަމަ ނުދައްކައި އޮތް ފީގެ 0.5 އިންސައްތައިން، ޖޫރިމަނާ ކުރެވޭނީ ނުދައްކައި އޮތް ފީގެ އަދަދުގެ ދެގުނަ ނުވަތަ 250,000 (ދެލައްކަ ފަންސާސް ހާސް ރުފިޔާ)، މި ދެ އަދަދުންކުރެ ބޮޑު އަދަދަކާ ހަމައަށް ކަމަށް ގަވާއިދުގައި ވެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް