ads
ކުބޭ
މެމްބަރަކު ދަނޑުވެރިކަމަށް ކުރި ދަތުރު، މަޖިލީހުގެ 5 އަހަރަށްވުރެ މާ ފޮނި!
17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރުގެ ދައުރެއް އަދާކުރުމަށް ފަހު މިއަދު ދަނޑުވެރިކަމުގެ ދާއިރާ އަށް މުހައްމަދު ރަޝީދު (ކުބޭ) ނުކުމެ، ލާމް އަތޮޅު ގަމުގައި ދަނޑު ވެރިކަން ކުރަމުން އެ ދަނީ މަސައްކަތް ތެރި ކަމަށް ހުރި ހުނަރާއި އޭނާގެ ގާބިލު ކަމުންނެވެ.

ދެރެއް މޮޅެއް ނިކަމެއްޗެއް ފަގީރެއް އެއީ އޭނާ ގަބޫލު ކުރާ އެއްޗެއް ނޫނެވެ. އޭނާ އަކީ މީހުން ކުރިއެރުމަށް މީހުންނަށް ގިނަ އެހީތެރި ކަމެއް ވެދިން ހިތް ހެޔޮ މީހެކެވެ. މީހުންނަށް ކަމޭހިތާ އެއްމެންގެ ދުލުން އެއްމެންގެ ކުބޭ އެވެ.

1960 ވަނަ އަހަރު ދުނިޔެއަށް އުފަންވި ކުބޭ އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ އިރު، އޭނާއަކީ ދުނިޔޭގައި ބައިގަރުނު ހޭދަވެ ލައްކަ ހިތި ތަޖުރިބާ ތަކާއި ލައްކަ ފޮނި ތަޖުރިބާ ތަކެއް ކުރެވިފައި ވާނެ މީހެއްކަން ޔަގީނެވެ. އޭނާގެ އަބަދުވެސް އުއްމީދަކީ ގައުމަށާއި ރަށަށް އަގުހުރި މަސައްކަތެއް ކޮށް ދިނުމެވެ.

އޭނާގެ އުމުރުގެ ބައިގަރުނު ހޭދަވެގެން ދިޔައިރު އޭނާ އަކީ، އޭނާގެ ދާއިރާގެ އިތުރުން ރާއްޖޭގެ އެތައް ބަޔަކަށް ހިންހަމަ ޖެހުމާއި ކުރިއެރުން ހޯދައި ދިނުމަށް އަމިއްލަ ޖީބުން ހަރަދު ކޮށް ފައިި ހުރި މީހެއްކަން އޭނާ ދަންނަ އެތައްބަކު ފާހަގަކުރެއެވެ.

އުމުރުން 18 އަހަރުގައި، ދޮންބުޅާފާށަނާ އާއިލާއަށް އުފަން ބޮޑުގަލު އަބްދުލް ކަރީމްގެ ދަރި އަމިނަތު އާއި ކައިވެނި ކޮށް އަދި އެކައިވެނީގައި ދެމި ތިބެ ތިން އަންހެން ދަރިންނާއި ދެ ފިރިހެން ދަރިިން އޭނާއަށް ލިބިފައި ވެއެވެ. މިހާރު އޭނާގެ ލޯބި ލޯބި ކާފަދަރިން ވެސް އެބަތިއްބެވެ.

your imageމުހައްމަދު ރަޝީދު އޭނާގެ ކާފަ ދަރިންނާއެކު

ކުބޭ މިއަދުވެސް އެއްމެ އުފާވަނީ އޭނާއަށް ކުރެވުނު އެންމެ ކަމެއް ހިތަށް އަރާ ފައެވެ. އެއީ އޭނާގެ އިސްނެގުމުގެ މަތިން، ތ. ބުރުނީ ހަސަން ސައީދާއި، މ. ޑިއާފްރޭންޑް މަރުހޫމް ސަލީމްގެ ބައިވެރި ވުމުގެ ދަށުން "ޖަމިއްޔަތުން ތައާވުން" ނަމުގައި މިހާރުވެސް ހިންގަމުންދާ ޖަމިއްޔާއެއް އޮތަތީ އެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި އޮންނަ ގޮތުން މީހަކު މަރުވުމަށްފަހު، އެމީހަކު ވަޅުލުމަށް 5000 (ފަސްހާސް) ރުފިއާއި 1000 (އެއްހާސް) ރުފިއާ ދެމެދުގެ އަދަދެއް ނަގައެވެ. އެހެންކަމުން މީހަކު ވަޅުލުމަކީ އޭރު ބޮޑު ކަމަކަށް އޮތީ ވެފައެވެ. 

ކުބޭ އާއި ތ. ބުރުނީ ހަސަން ސައީދާއި، މަރުހޫމް ސަލީމްގެ ބައިވެރި ވުމުގެ ދަށުން އުފެދުނު "ޖަމިއްޔަތުން ތައާވުން" ގެ ބޭނުމަކީ އެކަން ލުއި ފަސޭހަކުރުމެވެ. އެ ޖަމިއްޔާއިން އެކަން ލުއިފަސޭހަ ގޮތަކަށް ހަދައި ދެވުނީތީ ވަރަށް އުފާވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޖަމިއްޔާގެ ސަބަބުން މިހާރު 700 ނުވަތަ 400 ރުފިއާ އަށް މަލޭގައި މީހުން ވަޅުލެވޭ ގޮތް އޮތީ ހެދިފައެވެ. 

އުމުރުގެ ކުރީ ކޮޅު ވެސް އޭނާ އަކީ މަޑުން ހުރި މީހެއް ނޫނެވެ. އެގޮތުން އުމުރުގެ ކުރީ ކޮޅު އޭނާ އަދާ ކުރި ވަޒީފާ ތަކުން ފެށިގެން އޭނާގެ ކުރިމަގު ބައްޓަން ކުރި ގޮތް "ސީއެންއެމް" އަށް ކިޔައިދެމުން އޭނާ ވިދާޅުވެފައި ވަނީ މިއަދު ދަނޑުވެރިކަން ކުރަން މި ޖެހުނީ ވެސް އޭރުގެ ތަޖްރިބާގެ އަލީގައި ކަމަށެވެ.

ކުރީގެ އަތޮޅު ފިހާރަތަކުގެ ސަރަހައްދުގައި ހުންނަން ސިޔާސީ ކުށްވެރިން ޝަރީއަތް ކުރާ އޮފީހުގެ ޕިއޯނަކަން ދެ އަހަރު ހުރުމަށްފަހު، އިސްކަންދަރު ސްކޫލުގެ ޕިއޯނަކަށް ވެސް ދެއަހަރެއްހާ ދުވަހު އުޅުނު ކަމަށާއި، އަދި ރައީސް އޮފީހުގެ ޝިޕިންޑިޕާޓްމެންޓް ގައި ހަތަރު އަހަރު އުޅުއްވި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ކުބޭ އަކީ މިއުޒިކު ދާއިރާގައިވެސް ގިނަ ދުވަހު އުޅުއްވި، (ބުންޒީލަ) މޮޑެން ބޮޑުބެރު އެންމެފުރަތަމަ ރާއްޖޭގެ 1993 ވަނައަަހަރު، ކޮޅަށް ތިބެ ބޭނުން ކުރި ބުންޒީލަ ގުރޫޕްގެ މޭސްތިރިއާއެވެ. އޭގެ ފަހުން އިންޑިއާގައާއި، ސްވިޒްލޭންޑް ފަދަ ގައުމުތަކުގެ، އެކި އަވަށްތަކުގައި ބުންޒީލަ ގުރޫޕުން މިއުޒިކް ކުޅެފައިވެއވެ.

ސިޔާސީ ދާއިރާއަށް ވަދެވުނު ގޮތް

އޭރު އެހާހިސާބަށް ދިޔައިރު، ގައުމުގެ ހާލަތު ވަނީ ބޮޑުވެ ސިޔާސީ ކަންތައްގަޑެއްގެ ތެރެއިން ގެބި ސިޔާސީ ކަޅު ވިލާގަނޑެއްގެ ދަށުވެފައި ކަމަށް ކުބޭ ވިދާޅުވިއެވެ.  

"އެހާ ހިސާބުން ވިސްނިން ގައުމަށް އަހަންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ" އޭނާ ވިދާޅުވިއެވެ.

އެ ޙިޔާލުގެ ތެރެއިން ބޮޑު ވިސްނުމަކަށް އައިސް، ސިޔާސީ ދާއިރާއަށް ނުކުންނަން ވިސްނިކަމަށް ވެސް އޭނާ ވިދާޅު ވިއެވެ. މިއީ އޭނާ ސިޔާސީ ދާއިރާ އަށް ނުކުންނަން ޖެހުނު ގޮތް ކިޔައިދެން ފެށިގޮތެވެ.

ސިޔާސީ ކަންތަކުގެ ތެރެއިން އޭރުގެ އިދިކޮޅު ސިޔާސީ އެއްމެ ބޮޑު ޕާޓީ އެމްޑީޕީއާ ގުޅި، މާލޭގެ މަގުމައްޗަށް ނުކުމެ ރައްޔިތުންނާ އެކު ރައީސް މައުމޫނުގެ ވެރިކަން ވައްޓާލުމަށް އޭރު ނުކުތީ ބިރު ފަހަނަ އަޅައި ކަމަށް ކުބޭ ވިދާޅުވިއެވެ. 

އެ ސިޔާސީ ކަޅު ވިލާގަނޑުގައި އެތައް ދުވަހަކު ހޭދަކުރުމަށްފަހު ރައްޔިތުންނާއި އެމްޑީޕީގެ ރައީސް، މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދު އެދުމުމަކަށް މަޖިލީހަށް ކުރިމަތިލީ ކަމަށް އޭނާ ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖުލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މަޖިލިސް މެމްބަރުކަމަށް ކުރިމަތިލާ 11 މެމްބަރުންނާއި ވާދަކޮށް، ބޮޑު އަގުލަބިއްޔަތަކުން އެނާއަށް މަޖްލިސް ގޮޑި ކަށަވަރު ވެގެން ދިޔަ ކަމަށް އޭނާ ވިދާޅު ވިއެވެ.

your imageމުހައްމަދު ރަޝީދު، ރައީސް ނަޝީދު އާއި އެކު

ޑިމޮކްރެސީ އުސޫލުން ޕާޓީ ސިސްޓަމް އުފެދި 17 ވަނަ މަޖިލީހުގެ ފުރަތަމަ ފަސް އަހަރުގެ ދައުރެއް އެނާ އަދާ ކުރެއްވީ ހިންގުންތެރި ކަމާއި ވިސްނުންތެރި ކަމާ އެކުގައެވެ. ފަހަތު ފަޔަށް ބުރަވުމެއް ނެތިއެވެ. 

ކޮރަޕްޝަނުގެ މައްސަލަ ތަކާއި، ގިނަ މައްސަލަ ތަކެއް މަޖިލިސް ބައެއް މެމްބަރުންގެ ކިބައިން ފެއްނަމުން ދިޔަ އިރުވެސް އޭނަގެ ކިބައިން އެފަދަ މައްސަލައެއް ފެނިގެން ގޮސްފައި ނުވާ ކަމީ މިއަދު އޭނާ އެކަމާ އުފާ ކުރާ، އަދި އޭނާ ތަމްސީލްކުރި މައްޗަންގޯޅީގެ ދެކުނު ދާއިރާގެ ރައްޔިތުން އެކަމާ އުފާކުރަނެ ކަމެއްކަން އެނާ ފާހަގަ ކުރެއްވިއެވެ.  

your imageމައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު ކަމުގައި މުހައްމަދު ރަޝީދު (ކުބޭ) ހުނެވިއިރު----- 

ދަނޑު ހެއްދުމުގެ މަސައްކަތް ފެށުނު ގޮތް

މަޖިލިސް ދައުރު ނިމުމަށްފަހު ވިޔަފާރީގެ ތެރެއަށް އޭނާ ވަނެވެ. އެގޮތުން ރާއްޖެއިން ބޭރުން މުދާގެނެސް މާލެއާއި ރާއްޖޭގެ އެކިރަށް ރަށުގައި މުދާ ވިއްކަމުން ދިޔައެވެ. އަދި ރިސޯޓް ތަކަށް މުދާ ސަޕްލައި ކޮށް އޭނާ މަޑުން ނުހުރެ އަމިއްލަ މަސައްކަތުގައި ކުރިއަށް ދިޔައެވެ.

އެގޮތުން ކުބޭ ވަނީ ރާއްޖެތެރޭގެ އެތައް ބަޔަކަށް އެހީތެރިކަން ފޯރު ކޮށްދީފައެވެ. އަމިއްލަ އަމިއްލަ ފައިމައްޗަށް ތެދުވާން ބޭނުންވެފައި ތިބި ކުދިންނަށް ވިޔަފާރި ފެއްޓުމަށް ފުރުސަތު އޭނާ ހޯދައިދިނެވެ. އަމިއްލަ ފައިމައްޗަށް ތެދުވާން ބޭނުންވެ އެކަން ކުބޭގެ އެހީތެރިކަމާއިއެކު ފުރިހަމަވި މިފަދަ އެތައްބަޔަކު ތިބި އިރު، އެމީހުން އޭނާ އަށް ޝުކުރު އަދާކުރަނީ އެމީހުންގެ ހިތުގެ އުމުގުންނެވެ.

މީހުންނަށް އެހީތެރި ވުމާއި، އެކި މަރުހަލާތައް އޭނާ ކަޑައްތު ކުރަމުން ދަނިކޮށް އޭނާ ވިދާޅުވާ ގޮތުން ދިމާވީ ދުނިޔެއަށް ކުރިމަތި ވެގެން އައި ކޮވިޑްގެ އާލަމީ ބޮޑު ވަބާއާއެވެ. އެހާ ހިސާބުން އެމީހެއްގެ ފުރާނަ އެމީހަކު އަމިއްލައަށް ސަލާމަތް ކުރަން ޖެހޭ ދަރަޖައަށް ކަންތައް ދިޔައެވެ. ދުނިޔެ ކާބޯތަކެއްޗަށް ޖެހި ހާއްސަކޮށް ރާއްޖެ ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އެއްމެންގެ ހިތުގައި އުފެދިފައިވި ދަނޑިވަޅު ކުބޭ ވިސްނީ ފުޅާ ގޮތެއްގައި ރާއްޖޭގައި ދަނޑުވެރި ކަން ކުރުމަށެވެ. 

އެގޮތުން ގަމަށް ބަދަލުވެ، ގަމުގައި ދަނޑުވެރިކަން ކުރަމުން އޭނާ މިހާރުވެސް އެދަނީ ވަރަށްވެސް ފުޅާކޮށެވެ. އެގޮތުން އޭނާގެ ވިސްނުން ހުރީ ރާއްޖޭގެ ދަނޑު ތަކުން ލިބޭ، އަދި ގައުމުން ބޭރުން ނުލިބޭ އޮޅު އަލަ، ކަށިކެޔޮ ފަދަ އެއްޗެހި ރާއްޖޭގެ ބޭރަށް ފޮނުވައިގެންނާއި، ބައެއް ގައުމު ތަކުން މަދުން ނަަމަވެސް ލިބޭ ބަބުކެޔޮ ފަދަ ފަލަމަޑީގެ ބާވަތް ތަކުން ވެސް ނަފާ ހޯދާ އިމްޕޯޓް ކޮށް ރާއްޖޭގެ އުފެއްދޭ ތަކެތި ބޭރު ގައުމު ތަކަށް ބޭރު ކުރުމަށެވެ.

your imageމުހައްމަދު ރަޝީދު (ކުބޭ) ދަނޑުވެރި ކަމުގައި

2020 ވަނަ އަހަރުން ފެށިގެން، މިހާރު ގަމުގައި 13 ދަނޑުބިން އޭނާގެ އޮވެއެވެ. އެގޮތުން 20000 އަކަފޫޓްގެ ހަތް ދަނޑު "ތުޑީ" އަވަށުގައި އޮންނަށް އިރު، 4000 އަކްފޫޓްގެ ހަ ދަނޑެއް މަތިމަރަދޫ އަވަށުގައި އޮވެއެވެ. 

ނަމަވެސް ކުބޭ ފާހަގަުރައްވާ ގޮތުން މިއީ ފަސޭހަ މަސައްކަތެއް ނޫނެވެ. އެއީ މަސައްކަތް ފެއްޓުމަށް 60000 ފަސްދޮޅަސް ހާސް ރުފިއާ ހަރަދު ކުރިނަމަވެސް އަދިވެސް އޭނާ ބޭނުންވާ ވަރަކަށް މަސައްކަތް ކުރެވިގެން ނުދާތީއެވެ. މުޖުތަމައުގައި ވައްކަން ގިނަވެފައިވުމުން މިއީވެސް އޭނާއަށް މިކަމުގައި ކުރިމަތިވާ ގޮންޖެހުމެކެވެ.

"މިހާރު މަސައްކަތައް ދެ އަހަރު ވެފައިވާއިރު، އަދިވެސް ހިންހަމަ ޖެހުމެއް ނުލިބެނީ ދަނޑު ހެއްދުމަށް ގެންގުޅޭ ބައެއް ސާމާނު ވަގަށް ނަގާތީ. މޭވާ ހަރު ނުވަނީސް ބައެއްފަހަރު މޭވާ ކަނޑާނެ. ހިފާގެންގުޅޭ ސާމާނާއި. ޕަންޕާއި، ބޭސް ޖަހާ ފުޅިތަކާއި، އެއްޗެހިވެސް ވަގަށް ނަގާ. މިގޮތަށް ގެއްލި އަބަދު ގަންނަން ޖެހޭތީ ވަނީ ހަމަ ގެއްލުމޭ ބުނެވިދާނެ. މިކުރެވެނީ ގައުމީ މަސައްކަތެއް. މިތާގައި މި އެއްޗެހި ހެއްދީމަ މިތާގައި ދިރިއުޅޭ މީހުންނަށް ރަނގަޅުވާނީ." ކުބޭ ވިދާޅުވިއެވެ.

your imageކުބޭގެ ދަނޑުވެރިކަމަށް ބޭނުން ކުރާ ދަޑެއް

މިފަހުން ވެސް ވަނީ އޭނާގެ ދަނޑުތަކުން ދަނޑުވެރި ކަމަށް ބޭނުން ކުރާ އެތައްސާމާނެއް ވަގަށް ނަގާ ގެއްލިފައެވެ. ކުބޭ އެދެނީ މިފަދަ އަމަލުތައް ހުއްޓުމަށެވެ. މިކުރެވޭ މަސައްކަތުން އެންމެނަށް ނަފާވެރިކަން ފެނި އެންމެންނަށް ފައިދާ ވާ ގޮތަށް އޭނާ ކުރަމުން މިދާ މަސައްކަތުގައި އެންމެންގެ އެއްބާރުލުމަށް އޭނާ އެދެއެވެ.

މިއީ ގައުމީ ލޭހިނގާ ދަރިއެކެވެ. އޭނާ ބޭނުން ވަނީ ގައުމު، ތިމާއަށް ކޮންކަމެއްތޯ ބަލާކަށެއް ނޫނެވެ. އޭނާ އަބަދުވެސް ބޭނުން ވަނީ އޭނާގެ ފުށުން ގައުމަށާއި ގައުމުގެ ތިބި ނިކަމެތިންނަށް އެހީތެރިކަމުގެ އަތެއް ފޯރު ކޮށްދިނުމަށެވެ.

85%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް