ads
ދަނޫޝް އަދި އައިޝްވާރިޔާ
ދަނުޝް އާއި އައިޝްވާރިޔާ ވަކިވީ ކީއްވެ؟
ދަނުޝް އާއި އައިޝްވާރިޔާ ރަޖްނީކާންތު ވަކިވުމުގެ ސަބަބުން ބެލުންތެރިންނަށް ޝޮކެއް ލިބިދާނެ ކަމަށް ބެލެވުނު ނަމަވެސް އެ ދެމަފިރިންގެ ގާތް މީހުން ބުނަނީ އެއީ އެއްވެސް ހައިރާންކަމެއް ލިބޭކަމެއް ނޫން ކަމަށެވެ.
Advertisement

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެ ދެމަފިރިން ވަކިވިކަން އިއުލާނުކޮށް އެންމެންގެ ކިބައިން އެދުނީ އެ މީހުންގެ ނިންމުމަށް އިހުތިރާމްކޮށް ޕްރައިވެސީ ދިނުމަށެވެ. 

ދެމީހުން ވަކިވީ ކީއްވެ؟

އެ ދެމަފިރިންގެ ރަހުމަތްތެރިއެއް ބުނާގޮތުގައި ގޮތުގައި ދަނުޝް އަކީ މަސައްކަތަށް އިންތިހާއަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އެހެންކަމުން އެހެން ހުރިހާ ކަމަކަށްވުރެ އޭނާގެ ކުރިމަތީގައި އޭނާގެ މަސައްކަތް މުހިއްމުވާތީ އާއިލާއަށް ގިނަފަހަރު ފުރުސަތު ނުލިބޭކަމަށް ދަނުޝްގެ އެކުވެރިޔާ ބުނެއެވެ. އޭނާގެ ވޯކް ކޮމިޓްމަންޓްތަކާއި، ސިޓީތަކާއި އައުޓްޑޯ ފިލްމު ޝޫޓްތަކަށް ދަތުރު ކުރަން ޖެހޭތީ އޭނާގެ އާއިލީ ދިރިއުޅުމަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ އެތައް ކަމެއް ހިނގާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ކޯޅުން އުފެދޭ ކޮންމެ ފަހަރަކު ފިލްމަކަށް ސޮއިކުރޭ!

އޭނާގެ އެކުވެރިޔާ އިތުރަށް ބުނެފައިވަނީ ދަނުޝް އާއި އައިޝްވާރިޔާ މައްސަލަޖެހޭ ކޮންމެ ފަހަރަކު އޭނާ އާ ފިލްމެއްގައި ސޮއިކުރާނެ ކަމަށާއި، އެއީ އަމިއްލަ ނަފްސު ވަޒީފާގައި ދެމިހުރުމުގެ މަގުސަދުގައި ކަމަށް ވެދާނެ ކަމަށެވެ. އޭނާ ބުނެފައިވަނީ ދަނުޝް ވަރަށް ޕްރައިވެޓް މީހެއް ކަމަށާއި އޭނާގެ ގާތް ރަހުމަތްތެރިންނާ އެކުވެސް އޭނާ ހިއްސާކުރާ މާ ބޮޑު ކަމެއް ނޯންނަ ކަމަށެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދާ ވާހަކަތައް ކިޔައި ނުދެވޭނެކަމަށާއި، އައިޝްވާރިޔާ އާ އެކު އޭނާ ނުތަނަވަސްކަން އުފެދޭ ކޮންމެ ފަހަރަކު އޭނާ އާ ފިލްމަކަށް ސޮއިކުރާ ކަމަށްވެއެވެ. އޭނާގެ ނާކާމިޔާބު ގުޅުމުން ސަލާމަތްވުމަށް އޭނާ ކުރާ މަސައްކަތް ބޭނުން ކުރާ ކަހަލަ އިހްސާސެއް ކުރެވޭ ކަމަށާއި، އަދި އޭގެ ސަބަބުން އެ ދެ މީހުންނަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބޭކަން ދަނޫޝްގެ ރަހްމަތްތެރިޔާ ބުނެފައިވެއެވެ.

ދެމީހުން ވަކިވުމަށް ނިންމީ ކިހިނެއް؟

އެދެމީހުންގެ ރަހްމަތްތެރިޔާ އިތުރަށް ބުނެފައިވަނީ ދެމަފިރިން ވަކިވުމާއި ގުޅޭ ގޮތުން ބަޔާނެއް ނެރުމުގެ ކުރިން ދެމަފިރިން އިށީނދެ، ވަރަށް ދިގުކޮށް ވާހަކަ ދައްކާފައިވާކަމަށެވެ. ދަނުޝް ބޭނުންވީ ރަސްމީ ގޮތުން އެކަން އިއުލާން ކުރުމުގެ ކުރިން އަޓްރަންގިރީގެ ޕްރޮމޯޝަންތައް ނިންމާލާށެވެ. އަނެއްކޮޅުން އައިޝްވާރިޔާ ވަނީ އޭނާ ހިންގާ ޗެރިޓީތަކާއި އަންހެނުން ބާރުވެރިކުރުވުމުގެ މަޝްރޫއުތައް ކުރިއަށްގެންދަމުންނެވެ.އަދި އެދެމަފިރިންގެ ބޮޑުވަމުންއަންނަ ދަރީންނަށްވެސް ވަކިވުމުގެ ވާހަކަ އިއުލާންކުރުމުގެ ކުރިން ކިޔައިދިނުމަށްވެސް ދެމީހުން މަޝްވަރާ ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް