ads
އަލިފާނުގެ ހާދިސާ ހިނގި މޯލްޑިވިއަންގެ ފްލައިޓް ހަނިމާދޫ އެއާޕޯޓުގައި އޮތްއިރު----ފޮޓޯ:ތިލަދުން
އަލިފާން ރޯވި ފްލައިޓް އަދި އެ ފްލައިޓުގައި ތިބި މީިހުން ގެނެސްފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ރެޑީވެފައިވަނިކޮށް އަލިފާނުގެ ހާދިސާއެއް ރޭ ހިނގި ފްލައިޓާއި އެ ފްލައިޓުގައި ތިބި މީހުން މާލެ ގެނެސްފި އެވެ.

މޯލްޑިވިއަންގެ ޑޭޝް 8-200 ސީރީސްގެ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ރޭ 20:00ހާއިރު ފްލައިޓް ނައްޓާލަން އުޅުމުގެ ތެރޭގައި ފްލައިޓްގެ ކޮކްޕިޓްގައި ރޯވެގެންނެވެ. އެވަގުތު ބޯޓުގައި 37 ޕެސެންޖަރުންނާއި 3 ކުރޫއިން ތިއްބެވެ. ނަމަވެސް ރޭ އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ހުރިހާ ޕެސެންޖަރުންވެސް ސަލާމަތުން ބޯޓުން ވަނީ ބޭލިފައެއެވެ.

އެޕެސެންޖަރުންނާއި ބޯޓު މިހާރު މާލެ ގެނެސްފައިވާއިރު، އެމީހުން މާލެ ގެނެސްފައިވަނީ ހަނިމާދޫއަށް އިތުރު ފްލައިޓެއް ފޮނުވައިގެންނެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ބޯޓު މާލެ ގެނެސްފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ. 

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓާ މުހައްމަދު މިހާދު ވިދާޅުވީ، އެ ހާދިސާގައި ތަޅައިގެން ދިޔަ ވިންޑު ޝީލްޑްވެސް ރިޕްލޭސްކޮށް މާލެ ގެނައިއިރު އިތުރު މައްސަލައެއް ފާހަގަ ނުވާ ކަމަށާއި ނަމަވެސް ބޯޓުގައި އިތުރު މައްްސަލައެއް ނެތްކަން ކަށަވަރުކުރުމަށް އިތުރަށް ބަލާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް