ads
މޫނު ބުރުގާ އަޅާފައިވާ އަންހެނެއް
"މީހުންގެ ލޭ ހުއްދަ ވެގެން ވާކަމަށް ބުނާ މީހުންގެ މައްސަލަ ބަލަން ޖެހޭ"
މޫނު ބުރުގާ އެޅުމާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ ލޭ ހުއްދަ ވެގެން ވާކަމަށް ބުނެ ވާހަކަ ދައްކާ މީހުންގެ މައްސަލަ ބަލަން ޖެހޭ ކަމަށް އެމްޑީޕީއިން ބުނެފިއެވެ.
Advertisement

އެޕާޓީއިން މިހެން ބުނެފައި މިވަނީ، ރާއްޖޭގެ ސުކޫލްތަކުގައި ކިޔައިދޭ މޫނު ބުރުގާ އެޅި ޓީޗަރުން ކިޔަވައިދޭ ގަޑީގައި މޫނު ބުރުގާ އަޅައިގެން ތިބުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. 

މޫނު ބުރުގާ އެޅި ޓީޗަރުން ކިޔަވައިދޭ ގަޑިތަކުގައި، މޫނު ފެންނަހެން ފޮތިކޮޅު ނެގުމަށް، ސްކޫލުތަކުން އަންގާ ކަމަށް ބުނެ، ބައެއް ޓީޗަރުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އަދި ސްކޫލުތަކުގެ އެހެން އަންގަނީ، އެޑިއުކޭޝަން މިނިސްޓްރީގެ، އެދުމަށް ކަމަށް ވެސް އެ ޓީޗަރުން ބުނެ އެވެ.

މި މައްސަލަ އަނެއްކާ ވެސް ބޮޑުވެފައި ވަނިކޮށް އެމްޑީޕީއިން ވަނީ މިކަމާއި ގުޅިގެން ނޫސް ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ، ދިވެހި މުޖުތަމައުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި ދަރިވަރުންގެ ގިނަ ބަޔަކީ، އެ ދަރިވަރުންނަށް ސްކޫލު މަދަރުސާތަކުގައި އުނގަންނައިދެއްވުމަށް މުދައްރިސުން ކުރިމަތިލައްވާއިރު އެ ކިޔަވައިދެއްވަނީ ކޮން ބޭފުޅުންނެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިއްބެވުމަށް ބޭނުންވާ ކަމަށެވެ.

ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި މިގޮތަށް އާދަކާދަ އޮވެ، މުދައްރިސުންނާއި ސްކޫލު މަދަރުސާތަކުން މި މިންގަނޑު ވަރަށް ރަނގަޅަށް ނަގަހައްޓަވަމުން ގެންގޮސްފައި ވާކަމަށާއި، ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަހަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ހާއްސަ ތަންތަން ކަމަށާއި، ކިޔަވާ ދެއްވުމަށް ދަރިވަރުންނާ ބައްދަލު ކުރައްވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަގީންވާންޖެހޭނެކަމަށް އެ ޕާޓީއިން ދެކޭކަމަށް ބަޔާނުގައި ބުނެ އެވެ. 

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، މޫނު ބުރުގާ އަޅައިގެން ޓީޗަރުން ކިޔަވައިދިނުމާއި ދެކޮޅަށް ވާހަކަ ދައްކާ މިހުންގެ ލޭ ހުއްދަ ވެގެން ދާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ކަމާއި ބެހޭ އިދާރާތަކުން ބަލަން ޖެހޭ ކަމަށެވެ. 

"މިކަމުގައި މި މޭރުމުން ވާހަކައެއް ދައްކާ މީހަކީ ވެސް ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހެއްކަމަށް ސިފަކުރާކުރުމާ މެދު މި ޕާޓީން އިންތިހާއަށް ކަންބޮޑުވަން. އަދި މީގެކުރިން ވެސް އެފަދައިން ސިފަކޮށް މީހުންގެ ހަށިފުރާނަ ނައްތާލައި ގެއްލުންދީފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަން. އެހެންކަމުން، އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާޓީން ގޮވާލާގޮވާލުން ތަކުރާރުކުރަން." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މޫނު ބުރުގާގެ މައްސަލަ ބޮޑުވެފައި ވާއިރު، ސިވިލް ސާވިސްގެ ގަވައިދަށް 2017 ވަނަ އަހަރު ގެނައި ބަދަލަކާ ގުޅިގެން، ކާކުކަން ނޭނގޭ ގޮތަށް ހެދުން އަޅައިގެން ތިބޭ މީހުންނަށް ސިވިލް ސާވިސްގެ ވަޒީފާ އަދާކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް