ads
ކުޅި ކުކުޅު
ސީއެންއެމް ބަދިގެ: މީރު ކުޅި ކުކުޅު
މިފަހަރު މިއޮތީ މީރުކޮށް ކުކުޅު ހަދާނެ މޮޅުގޮތެ ކެވެ. އަދި މި މީރު ކުކުޅު، ބަތް، ރޮށި، ފަރާޓާ އެކުވެސް ސާވް ކުރެވޭނެވެ. އަދި މި ކުކުޅު މީރުކޮށް ހަދާލެވިއްޖެ ނަމަ، ގޭގެ ސުފުރާ މަތި ފަޅު ފިލުވޭނެ މޮޅު ކެއުމަކަށް ވެގެން ދާނެއެވެ. .

ފިރިމީހާ އާއި ގޭގެ ބައެއް މެމްބަރުން އަބަދު ގޭގައި ނުތިބޭނެ ކަން ދައްނާށެވެ. އެމީހުން ވަޒީފާ ތަކުގައި ބިޒީކޮށް އުޅުމަށަފަހު، މިއަދު ގެއަށް އައިސް ތިބޭ އިރު، ނިކަން މި ރެސިޕީ ހަދާލާފައި ސުފުރާ މަތި ފަޅުފިލުވަމާ ހިނގާށެވެ

ބޭނުންވާ ތަކެތި:

1400ގ. އެއް ކުކުޅު

ކުޅި ހެޔޮވަރު ވަރަށް ފުޑި މިރުސް

ރަހަލާވަރަށް ލޮނު

ރަހަލާވަރަށް ގާލިކް ޕައުޑާ

ރަހަލާވަރަށް އަސޭ މިރުސް

ތެއްކަން ހިފެހެއްޓޭ ވަރަށް ތެޔަކޮޅެއް (އޮލިވް އޮއިލް)

އެއް ސަމްސާ ބޭކިން ޕައުޑާ

ފުރަތަމަ ޓްރޭ އަކަށް ކުކުޅު އެޅުމަށް ފަހު، ރެސިޕީގައި ހިމެނޭ ބައިތަކާއި އެކު، ހުރިހާ އެއްޗެއް އެއްކޮށް މިކްސް ވަންދެން ރަނގަޅަށް މޮޑެލާނީ އެވެ. އެއަަށް ފަހު ތެޔޮ އަޅާ ތެޔޮގަނޑު ރަނގަޅަށް ހޫނު ކުރުމަށް ފަހު، މޮޑެފައި ހުރި ކުކުޅު ހޫނު ކުރި ތެޔޮ އެއްޗަށް އަޅަލާށެވެ. އެއަށް ފަހު ރަނގަޅަށް ރޯފިލަންދެން ތެޔޮގަނޑު ތެރޭގައި ކައްކާނީ އެވެ.

އެގޮތަށް 15 ނުވަތަ 20 މިނެޓް ކައްކާލެވުމުން ޓްރޭ އަކަށް ފަތުރާ ލާށެވެ. ސާވް ކުރާ އިރު ޓޮމާޓޯ ސޯސް އެއްކޮށްލުމުން ރަހަ ވަރަށް ބޮޑަށް ފުރިހަމަ ވެގެން ދާނެއެވެ.

މިހާރު ތިހުރީ "ކުޅި ކުކުޅު" ތައްޔާރުކޮށް ނިމިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް