އއ.ހިމަންދޫ ސްކޫލުގެ 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި މިއަދު ވަނީ ސޮއި ކޮށްފައެވެ.
ހައިރައިޒިން އިން މިމަސައްކަތް ކުރުމަށް ހުށަހަޅުއްވާފައިވަނީ 22,908,694.22 ރ (ބާވީސް މިލިޔަން ނުވަ ލައްކަ އަށްހާސް ހަ ސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ބާވީސް ލާރި) އެވެ.
މި މަސައްކަތް ހަވާލު ކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި އެއްބަސްވުމުގައި އެޑިޔުކޭޝަންގެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމް އެވެ. މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ އިސްމާއިލްއެވެ.