ads
ބ ގޮއިދޫ
ކޮވިޑް ޓެސްޓް ނުހެދިގެން ގޮއިދޫ މީހުން ރަތަށް!
ކޮވިޑް ޓެސްޓް ނުހެދި ލަސްވަމުންދާ މައްސަލާގައި ބ. ގޮއިދޫ މިހުން ރަތަށް އަރައިފި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހުން ބުނި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދިޔަ ނަމަވެސް ކިޓް ނެތިގެން ޓެސްޓް ހެދޭނެ ގޮތެއް ނެތިފައިވާ ކަމަށެވެ. 

ގޮއިދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަހްމަދު ފަޒީލް ސީއެންއެމް އަށް ވިދާޅުވީ މިއަދުވެސް ކޮވިޑަށް 10 ވަރަކަށް މީހުން އެރަށުން ޕޮޒިޓިވް ވެފައިވާކަމަށާއި، ޓެސްޓް ކިޓް ނެތުމުގެ ސަބަބުން މިއަދު ޓެސްޓް ހެދުން ހުއްޓާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ 800އެއްހާ މީހުން އުޅޭ އެަރށުގައި ކޮވިޑް ހަލުއިކަމާއެކު ފެތުރެމުންދާ ކަމަށެވެ. 

ގޮއިދޫ ކައުންސިލުން ބުނީ ބ އަތޮޅުގައިވެސް ޓެސްޓް ކިޓް ނެތް ކަމަށާއި، ދެދުވަހެއްގެތެރޭ ލިބޭނެކަމަށް އިދާރާތަކުން ބުނެފައިވާ ކަމަށެވެ. 

މާލެއާއި އަތޮޅުތެރޭގައި މިހާރު ކޮވިޑް ދަނީ ހަލުއިކަމާއެކު ފެތުރެމުންނެވެ. މިއަދުވެސް މި ބަޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އުޅެނީ 2000އިން މަތީގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް