ads
ޑރ. އިބްރާހިމް އަފްޒަލް---
އަދަދުތައް މަތިވާނަމަ ލޮކްޑައުން އަކަށް ދާންޖެހިދާނެ: ޑރ. އަފްޒަލް
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށް ވާނަމަ އަލުން ލޮކްޑައުން އަކަށް ދާންޖެހިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ރޭ ވިދާޅުވީ، ރާއްޖޭގައި މިހާރު ކޮވިޑް ފެތުރެމުން ދަަނީ ހަލުވި ބާރުމިނުގައި ކަމަށާއި، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މިހާރު މިބަލިމަޑުކަން ފެތުރިފައި ވާކަމަށެވެ. 

މީގެ އިތުރުން އަފްޒަލް ވިދާޅުވީ، ޕޮޒިޓިވްވާ ރޭޓަށް ބަލާ މިހާރު އަންދާޒާ ކުރެވޭ ގޮތުގައި އަނެއްކާ ވެސް ޕީކަށް ހިނގައިދާނެ ކަމަށާއި، އެހެން ކަމުން ކުރިއާލާ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. 

"ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މި އަންނަނީ އިންތިހާއަށް އިތުރުވަމުން. މި ގޮތަށް އަދަދުތައް އިތުރު ވާކަމުގައި ވަނީ ނަމަ އަލުން ލޮކްޑައުން އަކަށް ދާންޖެހިދާނެ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ޑރ. އަފްޒަލް ވިދާޅުވީ، ހަރުކަށި ފިޔަވަޅުތަކެއް އެޅުމަކީ އެއްވެސް ބަޔަކަށް ފަސޭހަ ވާނެ ކަމެއް ނޫން ކަމަށާއި، މިކަމުން ސަލާމަތް ވެވޭނީ އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރުމުން ކަމަށެވެ. 

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 110،931 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އިއްޔެ އެކަނި ވެސް ރާއްޖެއިން ބައްޔަށް އިތުރު 2،199 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ އިތުރުން އިއްޔެ ރާއްޖެއިން ކޮވިޑުގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ. 

29%
ކަމުގޮސްފި
24%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް