ads
ކާޑެއްދޫ ޖެޓީއިން ވެއްޓިފައިވާ ބައި
ކާޑެއްދޫ އެއާޕޯޓަށް އިހުމާލުވުން ހުއްޓާލައްވާ: ފައިހަތު
އިންތިހާބެއް ބޯމަތީގައި ނެތެއް ކަމަކު ގދ. ކާޑެއްދޫ އެއާޕޯޓާއި ދޭތެރޭ އިހުމާލު ނުވުމަށް، ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله ސަރުކާރަށް ގޮވާލައްވައިފިއެވެ.

ފައިހަތު މިހެން ވިދާޅުވެފައި މިވަނީ، މިއަދު ހެނދުނުގެ ވަގުތެއްގައި ކާޑެއްދޫ އެއާޕޯޓްގެ ޖެޓީ ވެއްޓުމާއި ގުޅިގެން ގިނަ ބައެއް އެކަމާއި މެދު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ސީއެންއެމް އަށް ދެއްވި އިންޓަވިއު އެއްގައި ފައިހަތު ވިދާޅުވީ، ޖެޓީ ވެއްޓުމުގެ ސަބަބުން އެތައް އުނދަގުލެއް އެއާޕޯޓުން ހިދުމަތް ހޯދަމުންދާ ފަރާތްތަކަށް ދިމާވަމުން ދާކަމަށެވެ. އަދި އެކަން ވީ އެންމެ އަަވަހަކަށް ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް ފައިހަތު ވިދާޅުވިއެވެ. 

މީގެ އިތުރުން ފައިހަތު ވިދާޅުވީ، މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފަރުވާ ކުޑަ ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށާއި، އިންތިހާބެއް ނެތަސް ނުވަތަ ބައި-އިލެކްޝަނެއް ނެތަސް ކާޑެއްދޫގެ މަސައްކަތްވެސް އަވަސް ކޮށްދިނުމަށް އެދޭކަމަށް ވިދާޅުވެފައެވެ. 

ކާޑެއްދޫ ޖެޓީ އިން ގާތްގަނޑަކަށް 100 އެއްހާ މީޓަރުގެ ތަން މިއަދު ހެނދުނު ވަނީ ވެއްޓިފައެވެ. 

އެއާޕޯޓުގެ ޖެޓީ ވެއްޓިފައި ވާއިރު، އެމްޓީސީސީން ވަނީ މިއަދު އެ ރަށަށް ގޮސް ޖެޓީން ވެއްޓިފައިވާ ބަޔާއެކު ޖެޓީގެ ވަގުތީ މަރާމާތު ކުރުމަށް ބޭނުންވާ ސާވޭ ކުރުމުގެ މަސައްކަތް ފަށާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް