ads
ޕޮކިމޯން ގޯ ގޭމު
ޑިއުޓީ ވަގުތުގައި ގޭމް ކުޅެން އިން ދެ ފުލުހަކު ވަޒީފައިން ވަކިކޮށްފި
ޑިއުޓީގެ ވަގުތުގައި ގޭމް ކުޅެން އިނުމުން ފުލުހުންގެ ދެ އޮފިސަރަކު މަގާމުން ވަކިކޮށްފިއެވެ.
Advertisement

ލޮސް އެންޖަލިސް ޕޮލިސް ޑިޕާޓްމަންޓް (އެލްއޭޕީޑީ) ގައި މަސައްކަތް ކުރަމުން ދިޔަ ދެ އޮފިސަރުން މަގާމުން ވަކިކުރީ، ޑިއުޓީ ގަޑީގައި މަޝްހޫރު ގޭމެއް ކަމަށްވާ ޕޮކިމޯން ގޯ ކުޅެން ތިބުމުން ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

"އެ ދެ އޮފިސަރުން ކާރު ތެރޭ ތިބީ ގޭމު ކުޅެން. ވައްކަމެއްގެ ރިޕޯޓް ލިބި އެ އޮފިސަރުންނަށް އެކަން އެންގުމުން ވެސް އެކަމާ އަޅާނުލާ އެމީހުން ވަނީ ޕޮކިމޯން އެއް ހިފޭތޯ ބަލާފަ. މިއީ އޮފިސަރުންގެ ކިބައިން ފެނުނު ވަރަށް ދަށު ދަރަޖައިގެ ކަމެއް." ލޮސް އެންޖަލިސް ޕޮލިސް ޑިޕާޓްމަންޓް އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އެ ދެއޮފިސަރުންގެ މައްޗަށް ހިންގި ތަހުގީގުގައި އޮފިސަރުން ބުނީ، އެމީހުން ގޭމް ކުޅެން ނުތިބޭ ކަމަށާއި، އެހެން ނަމަވެސް ގޭމުގެ ވާހަކަ ދެއްކި ކަމަށެވެ. އަދި ވައްކަން ކުރާ ކަމުގެ ރިޕޯޓް އެމީހުންނާއި ހަމައަށް ނާންނަ ކަމަށްވެސް އޮފިސަރުން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު މި މައްސަލައިގެ ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ލޮސް އެންޖަލިސް ޕޮލިސް ޑިޕާޓްމަންޓް އިން ވަނީ އެމީހުން ތިބި ކާރުގެ ވީޑިއޯ ރެކޯޑިން ހުށައަޅާފައެވެ. 

އެ ވީޑިއޯއިން ފެންނަ ގޮތުގައި ދެ އޮފިސަރުންނަށް ވައްކަން ކުރާ ކަމުގެ ރިޕޯޓް ކޮންޓްރޯލުން ދިނުމުންވެސް އެ ދެއޮފިސަރުން އެކަމަށް އަޅާލުމެއް ނުދޭތަން ފެނެއެވެ. އަދި 20 މިނެޓު ވަންދެން އެ ދެ އޮފިސަރުން ޕޮކިމޯން އެއް ހިފުމަށް އެ ސިޓީގެ އެކި ތަންތަނަށް ދުއްވާފައި ދާ މަންޒަރުވެސް ވީޑިއޯއިން ފެނިގެން ދެއެވެ. 

ދެ އޮފިސަރުން މަގާމުން ވަކި ކުރުމުގެ އިތުރުން ކޮންމެ މީހަކު ވަނީ 25000 ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ. 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް