ads
ތިނަދޫ ދެކުނު ދާއިރާގެ މެމްްބަރު އަބްދުﷲ ސަނީފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ކާޑެއްދޫ އެއާޕޯޓްގެ ރަންވޭ އޮތީ ހަލާކުވެފައި: އެމްޕީ ސަނީފް
ގދ. ކާޑެއްދޫ އެއާޕޯޓްގެ ރަންވޭ އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި، އެކަމަށް އަވަސް މުސްތަގްބަލެއްގައި ހައްލު ހޯދައިދޭން ޖެހޭ ކަމަށް، ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވެއްޖެއެވެ.
Advertisement

ސީއެންއެމްގެ "ތަފްސީލް" އަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި ސަނީފް ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓަކީ ދުވާލަކު އެތައް ބަޔަކު ބޭނުން ކުރަމުން އަންނަ އެއާޕޯޓެއް ކަމަށާއި، އެހެން ނަމަވެސް އެއާޕޯޓްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށެވެ. 

އެގޮތުން ރަންވޭގެ އެތައް ތަނެއްގައި ރެނދު ލާފައި ވާކަމަށާއި، އޭވިއޭޝަން ގާނޫނު ބުނާ ގޮތުން ނަމަ އެތަނުގައި މިހާރު ފްލައިޓް ޖެއްސުންވެސް ހުއްދަ ނުވާނެ ކަމަށެވެ.

"ކާޑެއްދޫ އެއާޕޯޓުން އެތައް ބަޔަކު ހިދުމަތް ހޯދަމުން އަންނަ އިރު، އެތަނުގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ. ރަންވޭގެ އެތައް ތަނެއްގައި ރެނދުލާފައި ވާއިރު، އެކަމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއްވެސް ހިނގުން އެކަށީގެންވޭ" ސަނީފް ވިދާޅުވިއެވެ.

މީގެ އިތުރުން ސަނީފް ވިދާޅުވީ، ކޯޓުުން އެއާޕޯޓް ހިންގުން ވިލާ އާއި ހަވާލު ކޮށްފައި ވީނަމަވެސް އެކުންފުނިން އެތަނާއި ހަވާލު ނުވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ތަނުގެ ތަރައްގީ އާއި މުވައްޒަފުންގެ ކަންކަމަށް ހުރަސް އެޅެމުން އަންނަ ކަމަށާއި، ވިލާއިން އެއާޕޯޓާއި ހަވާލު ނުވާނަމަ ސަރުކާރުން އެއާޕޯޓާއި ހަވާލުވާން ވެސް ސަނީފް ވަނީ ގޮވާލާފައެވެ. 

"ކޯޓުން ހުކުމް ކޮށްފައި އެއޮތީ ގާސިމްގެ ވިލާއަށް އެއާޕޯޓް ހަވާލު ކުރުމަށް. އެހެން ނަމަވެސް ވިލާއިން އަދިވެސް ތަނާއި ހަވާލުވެފައި ނުވޭ. މިކަމުގެ ސަބަބުން ތަނުގެ ތަރައްގީ އާއި މުވައްޒަފުންގެ ކުރި އެރުމަށް އެތައް ހުރަސް ތަކެއް މިދަނީ، އެޅެމުން. ވިލާއިން ތަނާއި ހަވާލު ނުވާނަމަ މިހާރުން މިހާރަށް ސަރުކާރުން ކާޑެއްދޫ އެއާޕޯޓުގެ ހިންގުމާއި ހަވާލުވާން ގޮވާލަން. އަޅުގަނޑަށް ޔަގީން ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރާނެ ކަން" ސަނީފް އިތުރަށް ވިދާޅުވިއެވެ.

ސަނީފް މިފަދައިން ވިދާޅުވެފައި ވާއިރު، މިއަދު ހެނދުނުގެ ވަގުތެއްގައި ކާޑެއްދޫ އެއާޕޯޓްގެ ޖެޓީ އިން ބޮޑުބައެއް ވަނީ ފަޅުތެރެއަށް ވެއްޓިފައެވެ. ކާޑެއްދޫ ޖެޓީ އިން ގާތްގަނޑަކަށް 100 އެއްހާ މީޓަރުގެ ތަންގަނޑެއް ވަނީ ވެއްޓިފައެވެ.

އެއާޕޯޓުގެ ޖެޓީ ވެއްޓިފައި ވާއިރު، އެމްޓީސީސީން ވަނީ މިއަދު އެ ރަށަށް ގޮސް ޖެޓީން ވެއްޓިފައިވާ ބަޔާއެކު ޖެޓީގެ ވަގުތީ މަރާމާތު ކުރުމަށް ބޭނުންވާ ސާވޭ ކުރުމުގެ މަސައްކަތް ފަށާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް