ads
ފޮޓޯ: ކޮވިޑް
ކޮވިޑް 19: މިއަދު 1697 މީހުން ޕޮޒިޓިވް
މިއަދު ރާއްޖެއިން ކޮވިޑް 19 އަށް 1697 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިއަދު ވަނީ 7263 ސާމްޕަލް ޓެސްޓު ކުރެވިފައެެވެ. 

މިއަދު އަތޮޅުތެރޭގެ ރަށްތަކުން 680 މީހުން ޕޮޒިޓިވްވިއިރު މާލެ ސަރަހައްދުން އެކަނި ވެސް 677 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި  ރިސޯޓްތަކުން 60 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. 

މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 112628 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 100811 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދަނީ 49 މީހަކަށެވެ.

މިހާތަނަށް ރާއްޖެއިން 269 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ތިބީ ބަލިޖެހިފައިވާ 11535 މީހުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް