މީގެ ކުރިން މަސްދޯނިތަކަށް މިފްކޯ އިން ޑީސަލް ލިޓަރެއް ވިއްކަމުން އައީ 9.03ރުފިޔާ އަށެވެ. އަދި އާއްމުންނަށް ޑީސަލް ލީޓަރެއް ވިއްކީ 13.19ރުފިޔާ އަށެވެ.
ނަމަވެސް ދެން މަސްވެރިންނަށް އެ ކުންފުނިން ޑީސަލް ލިޓަރެއް ވިއްކާނީ 12.08ރުފިޔާ އަށެވެ. އަދި އާއްމުންނަށް ޑީސަލް ލިޓަރެއް ވިއްކާނީ 14.26ރުފިޔާ އަށެވެ.
މިފްކޯ އިން ވިއްކާ ޑީސަލުގެ އަގު މި ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑު އަދަދަކަށް އުފުލުމާ ގުޅިގެންނެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފީފާއެއް 87.35 ޑޮލަރު (1،346ރުފިޔާ) ގައެވެ.
މިފްކޯގެ އިތުރުން އެފްއެސްއެމުން ވެސް ވަނީ ތެލުގެ އަގު އިއްޔެ އިން ފެށިގެން ބޮޑުކޮށްފަ އެވެ.
އެފްއެސްއެމުން މިހާރު ޕެޓްރޯލް ލިޓަރެއް ލިބެނީ 12.06ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެ ލިބެނީ 12.44ރުފިޔާ އަށެވެ.