ads
ނ. ހޮޅުދޫ މަގުމަތި: ފޮޓޯ/ފޭސްބުކް
މާމެލާމެލިން މުޅި ހޮޅުދޫ ފަރިވެ ފޮޅިފައި، އެރަށަށް ޖައްސާލަން ސަޅި ވާނެ!
މަގުތަށް ވަނީ މާމެލާމެލީގެ ކުލަތަކުން ޖަރީވެ ޒީނަތްތެރި ވެފައެވެ. މާމެލާމެލީގެ ހިތްގައިމު ޗާލު މަންޒަރުތަކުން، އެރަށަށް ލިބިފައިވަނީ ހާއްސަ ޒީނަތްތެރި ކަމެކެވެ. އެ ކުޑަކުޑަ ނ. ހޮޅުދޫއަށް ލިބިފައިވާ ޒީނަތްތެރިކަމުގެ ޖާދޫގައި އެތައް ބަޔަކު ޖެއްސި އިރު، މުޅި ސޯޝަލް މީޑިއާގައި ދެެކެވެނީ އެ ރަށުގެ ގުދުރަތީ ރީތި މަންޒަރުތަކުގެ ހިތްގައިމު ކަމުގެ ވާހަކައެވެ.
Advertisement

ފަަތުރުވެރިން ވެސް ޒިޔާރަތްކުރާ ހޮޅުދޫގެ މަގުތަކުން ފެންނަމުންދާ ހިތްގައިމު ޗާލު ބަގީޗާތަކުގެ މަންޒަރުން އެތައް ބައެއްގެ ހިތް ވަނީ ހޮޅުދޫ އަށް މިސްރާބު ޖަހާފަ އެވެ. އެ ހިތްގައިމު ރީތި ކުލަ ކުލައިގެ މަންޒަރުތަކުން، އެރަށަށް ދާ ގިނަ މީހުން ގުދުރަތީ ރީތި މާމެލީގެ ބަގީޗާތަކުގެ ވާހަކަ ދުލުން ދައްކާ ކޮޅުން ނުލެވޭހާ ފުރިހަމަ ކަމަށް ގިނަ މީހުން ބުނެ އެވެ.

your imageނ. ހޮޅުދޫ ގެއެއްގަ ހައްދާފައި ހުރި މާގަހެއް: ފޮޓޯ/ފޭސްބުކް

"ސީއެންއެމް"އާއި ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް ރިލްވާން މުހައްމަދު ވިދާޅުވީ، މިހާރު ކޮވިޑްގެ ހާލަތުގެ ސަބަބުން އެރަށަަށް ފަތުރުވެރިން ޒިޔާރަތް ކުރުން މެދުކަނޑާލާފައިވާކަމަށާއި، ނަމަވެސް ޗުއްޓީ ތެރޭގައި އެރަށަށް ގިނަ ބަޔަކު ޒިޔާރަތް ކުރި ކަމަށެވެ. ކުރިން ފަތުރުވެރިން ޒިޔާރަތް ކުރި ނަމަވެސް މިހާރު ރަށުގައި ހުރީ އެންމެ ގެސްޓް ހައުސް އެކެވެ. 

އާބާދީގައި 2222 މީހުން ހިމެނުނު ނަމަވެސް އެރަށުގައި އުޅޭ 1،600 މީހުން ދިރިއުޅެމުންދާ 389 ގޭގެ ތެރެއިން 300 އެއްހާ ގޭގައި މާމެލާމެލީގެ ބަގީޗާތައް މިހާރު ވެސް ހައްދާފައިވާ ކަމަށާއި އެ ރަށު މީހުންނަކީ އެކަމަށް ވަރަށް ލޯބި ކުރާ ބަޔަކު އުޅެމުންދާ ރަށެއްކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ރިލުވާން ވިދާޅުވިގޮތުގައި ހޮޅުދޫ މޭނާ ސްކޫލްގެ އަހަރީ ދުވަހަށް އެރަށުގެ ރައްޔިތުން އެދަނީ ތައްޔާރު ވަމުން ނެވެ. އެއީ ސްކޫލަށް 75 އަހަރު ފުރޭ އަހަރީ ދުވަހެވެ. އެއީ ޖޫން މަހުގެ އެއް ވަނަ ދުވަސް ކަމަށާއި، އެގޮތުން ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ސްކޫލްގެ ތެރޭގައި، މޭނާ ސްކޫލް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

މޭނާ ސްކޫލަށް 75 އަހަރުގެ، ދިގު މާޒީއެއް ހޭދަ ވެގެން ދާއިރު، އެރަށުގެ ކައުންސިލް އާއި ސްކޫލްގެ ވިސްނުން ހުރީ، އެ ރަށުގެ ހުރިހާ ގެއެއް ގައި ވެސް  މާ ބަގީޗާތައް ހައްދާ އެ ބަގީޗާތަކުން ޒީނަތްތެރިކޮށް މުޅި ރަށް މާމެލާމެލިން ޖަރީކޮށް ލުމަށެވެ.

އެއީ އެފަދަ ހާއްސަ ރަސްމިއްޔާތަކަށް ރައީސް އަށް މިހާރު ވެސް ދައުތު ދެވިފައިވާއިރު، ސަރުކާރުގެ އިސްވެރިން ވެސް ވަޑައިގެންނަވާ އިރު ހޮޅުދޫ ނަލަކޮށްލާފައި ބޭއްވުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވެގެންދާނެތީ ކަމަށް ރިލްވާން ވިދާޅުވި އެވެ.

އެރަށުގައި މާ ހެއްދުމަށް ބޭނުންވާ ސާމާނު ލިބެން ހުންނަށް ފިހާރަ އެއްވެސް ހުރެއެވެ. އެކި ބާވަތްތަކުގެ ބޭހާއި، ޕޮޓާއި، ގަސްކާނާގެ އިތުރުން ގަހަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އެރަށުން ލިބެއެވެ. އަދި އާންމު ފަރާތް ތަކުން ވެސް އެފަދަ ސާމާނު ވިއްކާ ކަމަށާއި އެއީ އެރަށު ގައި "ހިނގާ" ވިޔަފާރި އެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ހަނދާން ހުންނަން ފެށީއްސުރެވެސް މިރަށަކީ މާގަސް ހައްދާ ރަށެއް. މިރަށުގައި މިހާރު މި ހައްދާ ގޮތަށް މާގަސް ހައްދާތާ ވެސް 50 އަހަރަށް ވުރެ ވެސް ގިނަ ދުވަސް ވެދާނެ،" ރިލުވާން ވިދާޅުވިއެވެ.

މާ ގަހުގެ އިތުރުން އެރަށުގައި އެހެނިހެން ގަސްތައް ވެސް ހައްދަ އެވެ. ކޮޕީފަތާއި މިރުހަކީ ވެސް އެރަށުގެ ގެ ތަކުގައި ހައްދާ ގަސް ތަކެވެ. އެ ރަށު މީހުން ބުނާ ގޮތުން ގަސް ހެއްދުމަކީ "އަމިއްލަ ދަރިއަކު، ލޯބިން ފެން ވަރުވާ ފުނާ އަޅުވަދީ ގެންގުޅުން" ފަދަ ކަމަކެވެ. 

އެ ރަށު މީހުން ގަސްތަކަށް ބަރާބަރަށް ކާނާ ދެ އެވެ. ދެއިރަށް ފެންދެ އެވެ. ކޮށާ ރީއްޗަށް އެއްވަރު ކުރެއެވެ. މީހެއްގެ ފަރާތުން ވެސް ގަސް ތަކަށް ގެއްލުމެއް ލިބެން ބޭނުމެއް ނުވެއެވެ. ބަނޑު އަޅައި ވިހާ ދަރިން ދެކެ ވެސް ވާނީ މިކަލަ ލޯތްބެއް ތާ އެވެ. މިއީ ހާއްސަކޮށް އެ މީހުން ހައްދަމުންދާ މާގަހާއި ދޭތެރޭ އެ ރަށު މީހުންގެ އިހުސާސްތައް ހުރި ގޮތެވެ.

your imageނ. ހޮޅުދޫ ގޭއެއްގައި ހައްދާފައި ހުރި މާގަހެއް: ފޮޓޯ/ފެޭސްބުކް 

މާގަސް ތަކުގެ ތެރޭގައި އެރަށުގައި އެންމެ ގިނައިން ހައްދަނީ އެކި ކުލަ ކުލައިގެ ބޯގަންވިލާ ގަހާއި، ކަނީރު މަލާއި، ސަންފުލާވާ އާއި، ވެޔޮ ގޮތަށް ފާރަށް އަރުވާ ޒާތުގެ ގަސްތަކެވެ. 

މިކަމަށް ކުރެވޭ ހަރަދު ވެސް ހަމަ އެހާ ބޮޑެވެ. ނަމަވެސް އެ ލިބޭ އުފަލާއި ހިތްހަމަ ޖެހުން އެއީ ބަޔާން ކުރަން ދަތި އިހުސާސް ތަކެއް ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުނެ އެވެ. މިއީ އެމީހުންގެ އުފަލެވެ. ހިތްހަމަ ޖެހުމެވެ. އެމީހުންގެ ސަގާފަތުގެ ތެރޭގައި ވެސް ހިމެނޭ ކަމަކަށްވެގެން މާގަސްތައް ހައްދާ މުޅި ހޮޅުދޫ މަލުގެ ބަގީޗާއަކަށް ހަދަން އެ ރަށު މީހުން އެ މަސައްކަތް ކުރަނީ އަމިއްލަ ދަރިން ބަލާ ބޮޑުކުރާހާ އޯގާތެރިކަމާއެކުގަ އެވެ.

70%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް