ads
ރައީސް ނަޝީދު މިރޭގެ ޖަލްސާގައި
އެމްޑީޕީ އަދި ދިހަ އަހަރު ވެރިކަމުގައި ތިބެން ޖެހޭ: ރައީސް ނަޝީދު
އެމްޑީޕީ އަދި 10 އަހަރު ވެރިކަމުގައި ތިބެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.

މިރޭ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ގޮޑިއަށް ވާދަކުރައްވާ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ށ ފޯކައިދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ކުރަންޖެހޭ މަސައްކަތް މާ ބޮޑު ކަމަށާއި، އެޕާޓީ އައީ ރާއްޖެ ބަދަލުކޮށް ރައްޔިތުންނަށް ހާސްކަމެއް ނެތް ދިރިއުޅުމެއް ހޯދައި ދިނުމަށް ކަމަށެވެ. 

އެހެންވެ އެކަން ކުރުމަށްޓަކައި ވަގުތު ބޭނުންވާކަމަށާއި، އެކަން ކުރެވޭނީ އަދި މިހާތަނަށް ކޮށްފައިވަނީ ވެސް އެމްޑީޕީން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

މި ޖަލްސާގައި ރައީސް ޔާމީނަށް، ނިސްބަތްކޮށް ވިދާޅުވީ ޕީޕީއެމްއިން މަސައްކަތް ކުރަނީ މާލެއަށް މީހުން ތޮއްޖައްސަން ކަމަށާއި، އަދި އެހެން ވިދާޅުވަނީ ވެސް ސިންގަޕޫރު ކޮޕީކޮށްގެން ކަމަށެވެ. 

އެމްޑީޕީގެ އަބަދުގެ ވެސް ސިޔާސަތަކީ، ކޮންކްރީޓު އެޅުން ނޫން ކަމަށާއި މީހާ ތަރައްގީވުން ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ މީހުންނަށް ފުދުންތެރިކަން އިތުރުވެ، ހާސްކަމެއް ނެތް ދިރިއުޅުމެއް ހޯދައި ދިނުމަކީ އެންމެ މުހިއްމުކަން ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރުގައި ކުރެވުނު އެންމެ މުހިއްމު ކަމަކީ ޑިގްރީއަށް ހިލޭ ކިޔަވައިދިނުންކަމަށެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް