ads
ބައި އިލެކްޝަން ކެމްޕެއިންއަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގެ ތެރެއިން--
އެމްޑީޕީ އުފެދުނީ ކޮންމެ ފަސް އަހަރަކު ރައްޔިތުން ކައިރިއަށް ގޮސް ވައުދުވާން: ނަޝީދު
އެމްޑީޕީ އުފެދުނީ އެންމެ ބޭނުމަކު ކަމަށާއި، އެއީ، ކޮންމެ ފަސް އަހަރަކު ރައްޔިތުންގެ ގާތަށް ގޮސް ކުރާނެ ކަންކަން ރައްޔިތުންނަށް ކިޔައި ދިނުމަށް ފަހު ވައުދުވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.
Advertisement

ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެއްވެސް ރައްޔިތަކު ގައުމު ތަރައްގީ ވެދާނެކަމަށް އަދި އެމީހެއްގެ އާއްމު ހާލަތު ބަދަލުވެދާނެ ކަމަށް ދެކުމަކީ ކުށްހީ ކަމަށާއި އެންމެން ވެސް ބޭނުން ވަނީ ތަނަވަސްކަން އަދި ޖީބަށް ވަންނަ ފައިސާ އިތުރު ކުރަން ކަމަށެވެ. 

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމްޑީޕީ އުފެދުނު މަގްސަދު ވެސް ރައީސް ނަޝީދު ވަނީ ސާފުކޮށްދީފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދުނީ ހަމަ އެންމެ ބޭނުމަކު ކަމަށާއި އެއީ ވެރިކަމުގެ ފަސް ދައުރު ނިމުމުން އަނެއް ދައުރަކަށް ކުރިމަތިލުމުގެ ކުރިން ރައްޔިތުންގެ ގާތަށް ގޮސް ވައުދު ވެލުމަށް ކަމަށެވެ. 

" އެމްޑީޕީ އުފެދި ހިނގަމުން އަންނަނީ އެންމެ ބޭނުމެއްގައި. އެންމެ ބޭނުމެއްގައި. ތިބޭފުޅުންގެ އާއްމު ހާލަތު ރަނގަޅުކުރެވޭނެ ވިސްނުމެއް އަޅުގަނޑުމެން ހޯދާ، ތިބޭފުޅުންގެ ގާތަށް އައިސް ވެގެން އުޅޭގޮތެއް އޮޅުން ފިލުވާ، ވައުދުތަކެއްގެ ގޮތުގައި ކޮންމެ ފަސް އަހަރަކު ތިބޭފުޅުންގެ ގާތަށް އައިސް ކިޔައިދިނުމަށް. އެކަންކަން އަޅުގަނޑުމެން ކުރާނޭ ކަމަށް ތިބޭފުޅުންގެ ގާތުގައި ވައުދުވާން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ އުސޫލަކީ ދިވެހިން މިހާރު އެދޭ އަދި ދިވެހިންގެ ވެރިކަން ހިންގާ ދިވެހިން އެއަށް ފައްކާވެފައިވާ އުސޫލުކަމަށާއި އެއީ އެމްޑީޕީގެ އުސޫލެއް ކަމަށެވެ. ވައުދުވި ނަމަވެސް ވައުދު ފުއްދުމުގެ ބައެއް އެމްޑީޕީގެ އުސޫލުގެ ތެރޭގައި ރައީސް ނަޝީދު ފާހަގައެއް ނުކުރައްވައެވެ. 

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ޕީޕީއެމް އަށް އެއުސޫލުތަކުގެ ވާހަކަ ރައްޔިތުންގެ ގާތަށް އައިސް ނުދެއްކޭނެ ކަމަށާއި އެއީ އެމްޑީޕީގެ އެއްޗެއް ކަމަށެވެ. 

އެއީ އަޅުގަނޑުމެން އެއްޗެއް. އެއީކީ އެއް ޕީޕީއެމް ދަންނަ ކަމެއް ނޫން. މާފް ކުރައްވާ އެބޭފުޅުން އައިސް މިވާހަކައެއް ނުދެއްކޭނެ. އެބޭފުޅުންނަށް ދެއްކެވޭނެ ވާހަކަ އެދައްކަވަނީ އެޔަކުން ރާހަތެއް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައިރު އެދެމުން އައީ އަދި މިހާރު ވެސް އެދެމުން ދަނީ ރައްޔިތުން ތިބި ހާސްކަން ނެތި އުފާވެރި ދިރިއުޅުމެއް ލިބުން ކަމަށާއި، އުފާ އުފަލުން، ތަފާތު އެކި މަލުން ފޮނި ބޮއި މަޖާކޮށް ވެސް ހެދޭނެ ގޮތެއް ހޯދުން ކަމަށެވެ. އެމްޑީޕީން ހުށަހަޅަނީ އެ ސިޔާސަތު  ތަންފީޒު ކުރުމަށް ކަމަަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެމްޑީޕީން އުފެދުނީ ކޮންމެ ފަސް އަހަރަކުން ރައްޔިތުންގެ ގާތަަށް ގޮސް ވައުދުވެލުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް ކޮންމެ އިންތިހާބަކާއި ދިމާކޮށް ރައްޔިތުންގެ ގާތަށް ގޮސް ވައުދުތައް ވުމަށް ފަހު ފަސް އަހަރު ނިމިގެންދާއިރު އެެއިން އެއްވެސް ކަމެއް ނުކޮށްދެވޭތީ އެވެ. 

އަނެއްކާ އަނެއް ދައުރަށް އިންތިހާބުކޮށްދިނުމަށް އައިސް އާ ވައުދުތަކެއް ވެގެންދާއިރު ކުރިންވީ ވައުދުތައްވެސް ނުފުދޭތީ ރައްޔިތުންގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް