ads
ްޑރ. އަފްޒަލް
މަގުމަތީ އުޅޭ ޒުވާން ގްރޫޕާއި ހެދި ކޮވިޑް ކޮންޓްރޯލެއް ނުވާނެ: ޑރ. އަފްޒަލް
ތަންތަން ބަންދުކުރިޔަސް މަގުމަތީގައި ގުރޫޕް ހަދާފައި ޒުވާނުން އުޅޭނަމަ ކޮވިޑް ކޮންޓްރޯލް ނުވާނެ ކަަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
Advertisement

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ކޭސްތައް މަތިވަމުންދާ މިދަނޑިވަޅުގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ނުކުރާ ސަބަބާއި ބެހޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ، ކޮންމެ ފަހަރަކު ހަދާ ތަފާސް ހިސާބުތަކުންވެސް އެނގޭ އެއްކަމަކީ ކޮވިޑުގެ އެންމެ ބޮޑު އުމުރުފުރާއަކީ 17 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުން ކަމަށާއި އެ އުމުރުފުރާގެ މީހުންނަކީ އެންމެ ގިނައިން ކޮވިޑް ޖެހުނު އުމުރުފުރާ ކަމަށެވެ. 

އެހެންކަމުން ކޮވިޑް ބަލި އެންމެ ގިނައިން ޖެހިފައިވާ ކަމަށް ދައްކަނީ ޒުވާނުން ކަން ފާހަގަކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ، އެންމެ ގިނައިން މަގުމަތީގައި އުޅެނީވެސް އެއުމުރު ފުރާގެ މީހުން ކަމަށާއި ތަންތަން ބަންދުކުރިނަމަވެސް ޒުވާނުންގެ އެ ގްރޫޕް މަގުމަތީގައި އުޅޭނަމަ ކޮވިޑް ކޮންޓްރޯލެއް ނުވާނެ ކަމަށެވެ. 

"އެހެންވީމަ ހަގީގަތުގައި އަޅުގަނޑު ބުނާނީ ބަލި ކޮންޓްރޯލް ކުރުން އަމާޒުވެގެންދަނީ އެމީހުންނަށް. އެއީ މަގުމަތީގައި މިއުޅޭ. އެއީ ބަލި ސްކޫލްތަކަކުން ނޫން ބޮޑަށް ޖެހެނީކީ އިނގޭތޯ. ހީވެދާނެ ސްކޫލަށް ދާއިރު ސްކޫލުންނޭ ޖެހެނީ. އެކަމަކު އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކުން ވިއްުޔާ ސްކޫލުތަކުގައި ވަރަށް ސްޓްރިކްޓްލީ ބަލާ ފިޔަވަޅުތަކަށް. އެހެންވީމަ ޗާންސަސް ބޮޑީ ހަގީގަތުގައި ބޭރުތެރޭ މިއުޅޭ ޒުވާނުންގެ ގުރޫޕަށް ބަލި ޖެހުނީމަ" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އެމީހުން އަބުރާ ދާނީ ގޭގެއަށް ކަމަށާއި އޭގެ ސަބަބުން ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށާއި އެގޭގައި ދިރިއުޅޭ އެންމެނަށް ބަލި ޖެހޭ ކަމަށެވެ. އެހެންކަމުން "މައިގަނޑު ގުރޫޕަށް"(ޒުވާނުންނަށް) ޖެހޭކަމަށް ވާނަމަ ސްކޫލުތަށް ބަންދުކުރުމުގެ ބޭނުމެއް ނޯންނާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު މިދަންނަވަނީ މީގައި ބޮޑަށް ތަންތަން ބަންދުކުރުމަށްވުރެ ބޮޑަށް އެންމެ ބޮޑު ފިޔަަވަަޅަކަށް އެޅޭނީ މީހާގެ ދިރިއުޅުމުގެ ވަށްޓަފާޅިއަށް ގެންނަ ބަދަލެކޭ. އެހެންވީމަ އެކަމަށް އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ." ޑރ. އަފްޒަލް

 

58%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
26%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް