ads
ފައިލް ފޮޓޯ--ކަސްޓަމްސް
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި، ބިޔަރު ނައްތާލައިފި
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި، ބިޔަރު ނައްތާލައިފިއެވެ.

އެގޮތުން 1059.85 ލީޓަރު ބަނގުރަލާއި 8481.93 ލީޓަރު ބިޔަރު ކަސްޓަމްސް އިން ވަނީ ނައްތާލާފައިކަމަށް އެ އިދާރާއިން ބުނެއެވެ. 

ކަސްޓަމްސް އިން ބުނީ މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާ ހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވިފައިވާ ތަކެތި ކަމަށެވެ.

އިއްޔެ، ކ ތިލަފުށީ ކުނިނައްތާލާ ސަރަހައްދުގައި ނައްތާލެވުނު މިތަކެތީގެ ތެރޭގައި ހިމެނެނީ ބަނގުރަލާއި ބަނގުރާ އެކުލެވޭ ބިޔަރު ހިމެނޭ ކަމަށްވެސް ކަސްޓަމްސް އިންވަނީ ބުނެފައެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ގަވާއިދުގައި ބަޔާން ކުރެވިފައި ވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް