ads
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށިން ވެއްޔާއި އަކިރި ނަގާ މީހުން 5000ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ
ކުޅުދުއްފުށީ ސިޓީ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާ މީހުން 500 ރުފިޔާއާ، 5000ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާގޮތަށް ނިންމައިފިއެވެ.
Advertisement

ކުޅުދުއްފުށީ ސިޓީ ކައުންސިލަރު މުހައްމަދު ދާއޫދު ސީއެންއެމްއަށް ވިދާޅުވީ މިހާރު ވަރަށް ގިނަ އަދަދެއްގެ މީހުން އެސިޓީ ގޮންޑުދޮށުން ކަށިވެއްޔާއި، އަކިރި ނަގާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައި ނުވާ ކަމަށާއި، އެހެންނަމަވެސް ކުރިއަށް އޮތްތާނގައި ޖޫރިމަނާ ކުރާ ގޮތަށް ނިންމައި އިއުލާނު ކޮށްފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ. 

"އަދި ޖޫރިމަނާ ކޮށްފައެއް ނުވާނެ. އަޅުގަނޑުމެން ފުލުހުންގެ އެހީތެރިކަމާއެކު އެކަން ބަލާނަން. އަދި އެގަވާއިދާ ހިލާފުވާ މީހުން ޖޫރިމަނާ ކުރެވޭނެ" ދާއޫދު ވިދާޅުވިއެވެ. 

މިއަދު އެ ކައުންސިލުން ކޮށްފައިވާ އިލާނުގައިވަނީ މިހާރަކަށް އައިސް ގިނަ ފަރާތްތަކުން ކުޅުދުއްފުށި ސިޓީގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާކަން ވަނީ ފާހަގަ ކުރެވިފައި ވާކަމަށެވެ. އަދި ހުއްދަނެތި ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ އެ އިދާރާގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވައިދުން މަނާ ކުރެވިފައިވާ ކަމެއް ކަމަށެވެ.

ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ރަށްގިރުމަށް މެދުވެރިވެ ރަށަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމުން މިފަދަ ޢަމަލުތައް ހުއްޓާލުމަށް އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށްވެސް އެއކައުންސިލުގެ އިއުލާނުގައި ވެއެވެ.

ޤަވައިދާ ހިލާފަށް ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާ ފަރާތްތައް ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގަވައިދާ އެއްގޮތަށް ފިޔަވަޅުއެޅޭނެ ކަމުގައި އެއިއުލާނުގައި ހަނދާންކޮށްދީފައިވއެވެ. މިގޮތުން ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ކުށް ތަކުރާރުކުރާ އަދަދަށް ބަލައި -/500 ރުފިޔާ އާއި -/5000 ރުފިޔާ ދެމެދު އަދަދަކުން ޖޫރުމަނާ ކުރެވޭނެ ވާހަކަ ވެސް އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ.

ރޯދައަށް ގޭގެއަށް ކަށިވެލި ލައިހެދުމަކީ ދިވެހީންގެ އާދައެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް