ads
ފެމެލީ ކޯޓް: ދަރިންގެ ހަރަދު ނުދޭ މައްސަލަތައް ވެސް ގިނަ--
ދަރިންގެ ހަރަދުގެ ގޮތުގައި 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި ދީފި
ދަރިންގެ ހަރަދުގެގޮތުގައި ކޯޓް މެދުވެރިވެގެން މިދިޔަ އަހަރު 31 މިލިއަން ރުފިޔާ ހޯދައިދެވިފައިވާކަން ފެމިލީ ކޯޓުން ބުނެފި އެވެ.

އެކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެ ކޯޓަށް 2400 އަށް ވުރެ ގިނަ މައްސަލައެއް ހުށަހެޅި އެވެ. އެއީ 2020 ވަނަ އަހަރަށްވުރެ ގާތްގަނޑަކަށް 200 މައްސަލަ މަދު އަދަދެއްކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.

މިދިޔަ އަހަރު ފެމެލީ ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އިއްދައިގެ ހަރަދު ނުދިން މައްސަލަތައް ވެސް ހިމެނޭކަމަށާއި އެ މައްސަލަތަކުގައި ދެ މިލިއަން ރުފިޔާ މިދިޔަ އަހަރު ނަގައިދީފައިވާކަމަށް ފެމެލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖެ އިން ބޭރުގައި ކުރި ކައިވެނިތަކުގެ ތެރެއިން 2020ވަނަ އަހަރު ހިމެނޭ ގޮތަށް ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކައިވެނިތަކުގެ ތެރެއިން 2021 ވަނަ އަހަރު ނިމުނުއިރު ރަޖިސްޓްރީކޮށްދީފައިވަނީ 92 ކައިވެންޏެއްކަމަށް ވެސް ތަފާސްހިސާބުން ދައްކަ އެވެ.

ރާއްޖޭގައި އާއިލާތައް ރޫޅޭ މައްސަލަ އާއި ކުދިންނަށް ހަރަދު ނުދިނުމުގެ މައްސަލަތައް ބޮޑުވެ އެ މައްސަލަތައް ހައްލުކުރުމަށް ވަނީ އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް